ދިރާގު ރޯދަ ހަދިޔާ: ދިރާގު ޓީވީ ހުރިހާ ޗެނަލެއް ހިލޭ!

b_Ok0kIRSiHmPdM2wcAh6ZXD0ig.jpg

ފޮޓޯ: ދިރާގު

ދިރާގު ޓީވީގެ ކަސްޓަމަރުންނަށް ރޯދަ ހަދިޔާގެ ގޮތުގައި ދިރާގު ޓީވީގެ ހުރިހާ ޗެނަލެއް ހިލޭ ބަލައި ބަލައިލެވޭނެ ގޮތް ހަމަޖައްސައިފިއެވެ.

ދިރާގުން ބުނީ އެ ޕްރޮމޯޝަންގެ ދަށުން ދިރާގު ޓީވީ ގޯލްޑް ޕެކޭޖުގެ ކަސްޓަމަރުންގެ މެދުގައި ނެގޭ ލަކީ ޑްރޯއަކުން ހޮވާލެވޭ ފަސް ކަސްޓަމަރަކަށް ޖުމުލަ ދިހަ މީހަކަށް ރޯދަވީއްލުމެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އެ ލަކީ ޑްރޯގެ ނަސީބުވެރި ފަރާތްތައް މިމަހުގެ 11 ވަނަ ދުވަހު ދިރާގު ސޯޝަލް މީޑިއާ ޗެނަލްތައް މެދުވެރިކޮށް އިއުލާންކުރާނެ ކަމަށް ދިރާގުން ބުނެ އެވެ.

އެންމެ މަގުބޫލު ޓީވީ ޗެނަލްތަކާއި މުނިފޫހިފިލުވުމުގެ ކޮންޓެންޓް، އެއް ޕްލެޓްފޯމަކުން ބަލައިލެވޭ ދިރާގު ޓީވީއަށް ސަބްސްކްރައިބް ކޮށްލުމަށް މިއީ ރަނުގެ ފުރުސަތެއް ކަމަށް ދިރާގުން ބުންޏެވެ.

ދިރާގު ޓީވީގައި ހިމެނޭ ޗެނަލްތަކުގެ ތެރޭގައި ސޮނީގެ އެންޓަޓެއިންމަންޓް އަދި ސްޕޯޓްސް ޗެނަލްތައް، ކުޑަކުދިންގެ މެދުގައި އެންމެ މަޝްހޫރު ޑިޒްނީ ޗެނަލްތައް، ލައިފްސްޓައިލް ޗެނަލްތަކުގެ ތެރޭގައި ފުޑް ނެޓްވޯކް، ސްޓާގެ ޗެނަލްތައް، ރާއްޖެއާއި ބޭރު ދުނިޔޭގެ ހަބަރު ޗެނަލްތައް އަދި އަލް ގްރުއާން އަލް ކަރީމް ފަދަ ދީނީ ޗެނަލްތައް ހިމެނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top