ސައުދީން ރާއްޖެއަށް ހަދިޔާކުރި ކަދުރު ހުރީ އައުމުގެ މަގުމަތީގައި

KmMNJvxZS0amTEIvv1I6Tf0xHTXrArFLmjR314Zs.jpg

ސައުދީން މިދިޔަ އަހަރު ރާއްޖެއަށް ހަދިޔާކުރި ކަދުރާ ހަވާލުވުން

ކޮންމެ އަހަރެއްގެ ރަމަޟާން މަހު ރާއްޖޭގެ ރައްޔިތުންނަށް ސައުދީ ސަރުކާރުން ހަދިޔާ ކުރާ ކަދުރު މިއަހަރުވެސް ހަދިޔާ ކުރިކަމަށާއި ނަމަވެސް އެކަދުރު ތައް އަދި ހުރީ މާލެ އައުމުގެ މަގުމަތީގައި ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

ސައުދީ ސަރުކާރުން ހަދިޔާކުރާ ކަދުރު މިއަހަރު ޢާއްމުންނަށް ނުލިބޭތީ އެކަމުގެ ކަންބޮޑުވުން މީސްމީޑިއާގައި ގިނަބަޔަކު ދަނީ ފާޅުކުރަމުންނެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިއަހަރުގެ ރަމަޟާންމަހު ސައުދީން ހަދިޔާކުރާ ކަދުރު އަދިހުރީ ރާއްޖެ ގެނައުމުގެ މަގުމަތީގައި ކަމަށާއި ކަދުރު ލިބުމުން ބެހުމުގެ އިންތިޒާމް ހަމަޖައްސަވާނެ ކަމަށެވެ.

ސައުދީ ސަރުކާރުން ކޮންމެ އަހަރަކު ރާއްޖެއަށް ކަދުރު ފޯރުކޮށްދޭއިރު، މިދިޔަ އަހަރު ދީފައި ވަނީ 25 ޓަނުގެ ކަދުރު ނުވަތަ 12،500 ކަދުރު ޕެކެޓެވެ.

އިސްލާމިކް މިނިސްޓްރީން މިދިޔަ އަހަރު ކަދުރު ބަހާފައިވަނީ ފަގީރުންގެ ދަފުތަރުގައި ހިމެނޭ ކޮންމެ މީހަކަަށް ޕެކެޓެއްގެ މަގުންނެވެ. އަދި ކުޑަކުދިންގެ ހިޔާއާއި ފިޔަވަތީގައި ތިބި ކުދިންނާއި ގުރަައިދޫ މަރުކަޒުގައި ތިބި މީހުންނާއި ޖަލުގައި ތިބި މީހުނަށްވެސް ކަދުރު ބެހިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top