ހަނގުރާމައިގެ ސަބަބުން ރަޝިޔާ މާކެޓްގެ 70 އިންސައްތަ ގެއްލިއްޖެ

44mqxxnRwU5mXzZEcqwrWtaMgY4TtzLckzssPtRL.jpg
ރަޝިޔާ، ޔޫކްރެއިން ހަނގުރާމަ ފެށުމާ ގުޅިގެން މިހާތަނަށް ރަޝިޔާ މާކެޓްގެ 70 އިންސައްތަ ގެއްލުންވެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. މައުސޫމް މިއަދު ވިދާޅުވެއްޖެއެވެ.

ހަނގުރާމައާ ގުޅިގެން ރާއްޖޭ އަންނަ ފަތުރުވެރިންގެ އަދަދަށް އަަސަރު ކޮށްފައިވޭތޯއާއި އާ މާކެޓްތަކުން ފަތުރުވެރިން ގެނައުމަށް ކުރެވޭ މަސައްކަތްތަކާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގައި މިއަދު މިނިސްޓަރު މައުސޫމަށް ސުވާލު ދެންނެވުމުން ވިދާޅުވީ ހަނގުރާމައާ ގުޅިގެން ރަޝިޔާ މާކެޓް 70 ޕަސެންޓް ދަށަށް ގޮސްފައިވާ ކަމަށާއި، ޔޫކްރެއިން މާކެޓް ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާކަމަށެވެ.

މީގެކުރިން ރަޝިޔާ މާކެޓް ރާއްޖޭގެ އެއް ވަނައިގައި އޮތްއިރު، މިހާރު އެއް ވަނައިގައި އޮތީ ޔޫކޭ މާކެޓް ކަމަށާއި، ގަދަ 10 އެއްގެ ތެރޭގައި މީގެކުރިން ޔޫކްރެއިން އޮތްއިރު، ގަދަ 10 އަކުން ޔޫކްރެއިން މާކެޓް ގެއްލިފައިވާކަން ވެސް މިނިސްޓަރު މައުސޫމް ފާހަގަކުރެއްވިއެވެ.

މައުސޫމް ވިދާޅުވީ، ދުނިޔެއަށް އަންނަ ލޮޅުމެއްގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމަށް ބޮޑު ޅޮޅުމެއް ނާންނަ ގޮތަކަށް މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށެވެ. އަދި އުއްމީދަކީ ކުރިން އެއްވަނައިގައި އޮތް ޗައިނާ މާކެޓް ވެސް މިއަހަރު ފަތުރުވެރިން އަންނަން ފެށުން ކަމަށް ވިދާޅުވިއެވެ.

“އަޅުގަނޑުގެ އުއްމީދަކީ މަޖިލީހުން ފަތުރުވެރިން އަންނާނެ ކަމަށް ލަފާކުރި ތިން ސިނާރިއޯ 1.6 1.7 1.8 މިލިއަން އެ ޖަހާފައިވާ ގޮތަށް ފަތުރުވެރިިން އަންނާނެ ކަމަށް، އުއްމީދުކުރަނީ މިއަހަރު ޗައިނާ ފަތުރުވެރިން ވެސް ކޮންމެވެސް ވަރަކަށް އަންނާނެ ކަމަށް. ދެން އިތުރު މާކެޓްތަކަށް ވެސް ހުރިހާ ދިމާލަކަށް ވެސް މަސައްކަތް ކުރަމުން މި ގެންދަނީ.” މައުސޫމް ވިދާޅުވިއެެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top