”މޯލްޑިވިއަން ދަނީ ބަގުރޫޓު ވުމާ ދިމާއަށް“

b_jEVCnLPEzPhP5nUxx3iWE2D3e.jpg

މޯލްޑިވިއަންގެ ފްލައިޓެއް ---ފޮޓޯ : މޯލްޑިވިއަން

ދިވެހި ގައުމީ އެއާލައިން، މޯލްޑިވިއަން ދަނީ ބަގުރޫޓު ވުމާ ދިމާލަށް ކަމަށް ރައްޔިތންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެން ވިދާޅުވެއްޖެ އެވެ.

އަލީ މިހެން ވިދާޅުވީ މޯލްޑިވިއަށް އަށް މި އަހަރުވެސް ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހުމުންނެވެ.

އަލީ މިއަދު ވިދާޅުވީ، ރާއްޖޭގެ އެންމެ ބޮޑު އެއް ސިނާއަތް ކަމުގައިވާ ފަތުރުވެރިކަމުގެ ފައިދާ މޯލްޑިވިއަނަށް ނުނެގެނީ ހިންގުމުގައި ބޮޑެތި ސީރިއަސް މައްސަލަ ތަކެއް ހުރީމަ ކަމަށާއި މި ފަހަރުވެސް 159 މިލިއަން ރުފިޔާގެ ގެއްލުން ވެފައިވާތީ އަލީ ހުސައިން ވިދާޅުވީ މޯލްޑިވިއަން ދަނީ ބަނގުރޫޓްވުމާއި ދިމާއަށް ކަމަށެވެ.

އަލީގެ މި ވާހަކަތަކަށް ރައްދު ދެއްވައި ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އަހުމަދު ހަމްދާން ވިދާޅުވީ ކޮވިޑްގެ ކުރިން މޯލްޑިވިއަން އަށް ފައިދާވި ކަމަށާ ދުނިޔޭގެ އެހެން ގިނަ އެއާލައިން ތަކަށްވެސް ކޮވިޑްގެ ސަބަބުން މިދިޔަ ދެ އަހަރު ބޮޑު ގެއްލުން ވި ކަަމަށެވެ.

ހަމްދާން ވިދާޅުވީ ކޮވިޑްގެ ސަބަބުން އޭރު ހިދުމަތް ދެމުން އައި ވަރަށް ގިނަ އެއާލައިންތައް ބަނގުރޫޓްވި ކަމަށެވެ. އަދި ކޮވިޑްގެ އެންމެ ދަތި ދުވަސްވަރުވެސް މީހުން އުފުލުމާއި ބޭހާ އެހެނިހެން މުހިންމު ތަކެތި ރާއްޖެއަށް އުފުލައިދިނީ ގައުމީ އެއާލައިން ކަމަށް ވިދާޅުވިއެވެ.

“އައިލެންޑް އޭވިއޭޝަން ސާވިސަސް [މޯލްޑިވިއަން ހިންގާ ކުންފުނި] މިހާރު އެ ކަޑައްތު ކުރަނީ ރިކަވަރީ ފޭސް،” ހަމްދާން ވިދާޅުވިއެވެ.

”މޯލްޑިވިއަން“ ގެ ހިންގުން ބޮއްސުން ލާފައިވާ ކަމަށް ގިނަ ބަޔަކު ދެކެއެވެ. ކުންފުނީގެ ހިދުމަތްތަކާމެދުވެސް އާންމުންގެ ޝަކުވާ ބޮޑެވެ. ކުންފުންޏަށް ލިބޭ ގެއްލުން ބޮޑުވުމުގައި ވެރީންގެ މުސާރަ ބޮޑު ކުރުމާއި އެހެނިހެން ހަރަދުތައް ބޮޑުވުން ބައެއް މީހުން ފާހަގަ ކުރެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top