ޗައިނާގައި ރޯދަހިފުން މަނާކޮށްފި

001ec94a1d8b0fc957050a.jpg

ޗައިނާގެ އެންމެ މުސްލިމުން ގިނަ އެއް ސަރަހައްދު ކަމަށްވާ ޝިންޖިއާންގައި ދިރިއުޅޭ މުސްލިމް ރައްޔިތުން ރޯދަ ހިފުން އެގައުމުގެ ސަރުކާރުން މަނާކޮށްފި އެވެ.

ރޯދަ ހިފުން މަނާކޮށްފައިވަނީ ސިވިލް ސާވަންޓުންނާއި ސްކޫލްތަކުގެ ދަރިވަރުންނާއި ޓީޗަރުންނަށް އެކަންޏެވެ. ޗައިނާގައި ވެރިކަން ކުރަމުން އަންނަ ހައްދުފަހަނައަޅާފައިވާ ކޮމިއުނިސްޓް ޕާޓީން މީގެކުރިން ވެސް މުސްލިމުންނާއި ދޭތެރޭގައި ހަރުކަށި ފިޔަވަޅުތައް އަޅާފައިވެ އެވެ.

އެގޮތުން ޝިންޖިއާންގައި މީގެކުރިން ރޯދަ ހިފުން މަނާކޮށް ސަރުކާރުން ގަރާރުތަކެއް ފާސްކޮށްފައިވެ އެވެ.

ޗައިނާގެ މުސްލިމު ރައްޔިތުން ރޯދަ ހިފުން ސަރުކާރުން މަނާކުރުމާއި ގުޅިގެން ޝިންޖިއާން ސަރަހައްދުގައި މުސްލިމުންނާއި ސަލާމަތީ ބާރުތަކާއި ދެމެދު ހަމަނުޖެހުންތައް ހިނގާނެ ކަމުގެ ބިރު މިހާރު ވަނީ ހީވެފައެވެ. އަދި މީގެކުރިން ވެސް އެފަދަ ހަމަނުޖެހުންތައް ހިނގާފައިވެ އެވެ.

ސަރުކާރުގެ މި ނިންމުމާއި ގުޅިގެން ސަރުކާރުގެ އޮފީސްތަކުގައި ނޯޓިސްތައް ހަރުކޮށްފައިވާއިރު މުވައްޒަފުން ރޯދަ ނުހިފުމަށް އަންގަމުންދާ ކަމަށްވެސް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

އަދި ބައެއް ޓީވީ ޗެނަލްތަކުން ވެސް ދަނީ ރޯދަ ނުހިފުމަށް ބުނެ އެންގުންތައް އަންގަމުންނެވެ.

ޗައިނާގައި މުސްލިމުންގެ އާބާދީ އެންމެ ބޮޑު އެއް ސަރަހައްދަކީ ޝިންޖިއާން ޕްރޮވިންސެވެ. އެގޮތުން އެ ޕްރޮވިންސަކީ އެހެން ދީންތަކަށް ލޯބިކުރާ މީހުންނަށްވުރެ ގިނައިން މުސްލިމުން އުޅޭ ޕްރޮވިންސެކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top