ކުޑަކުއްޖަކު ރޭޕްކުރި މީހަކު 40 އަހަރަށް ޖަލަށް

criminal-court-850x548-1.jpg

ކުޑަ އަންހެން ކުއްޖަކު ރޭޕް ކުރި މީހަކު 40 އަހަރު ދުވަހަށް ޖަލަށް ލާން ހުކުމް ކޮށްފިއެވެ.

އެ ކުށް ސާބިތުވެފައިވަނީ ލ. ކަލައިދޫ، މާކަރީލައިޓް، މުޙައްމަދު ޝަޒްލީފްގެ މައްޗަށެވެ.

އޭނާގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ، ރޭޕުކުރުމުގެ ކުށާއި، ކުޑަކުއްޖަކު މެދުވެރިކޮށް އޮރިޔާން ކާޑު އުފެއްދުމުގެ ކުށުގެ ދައުވާ އެވެ.

މި ދެ ދައުވާވެސް އޭނާގެ މައްޗަށް ސާބިވާ ކަމަށް ކަނޑައަޅައި މިމަހު 18 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ކުރި ހުކުމް ގައި ރޭޕުގެ ކުށުގެ ދައުވާ ސާބިތުވުމުން އޭނާ 20 އަހަރަށް ޖަލަށްލާން ހުކުމް ކޮށްފައިވާއިރު، ކުޑަކުއްޖަކު މެދުވެރިކޮށް އޮރިޔާންކާޑު އުފެއްދުމުގެ ކުށުގެ ދައުވާ ސާބިތުވުމުން ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްސަ އުސޫލުތަކުން އަމަލުކުރުމުގެ ޤާނޫނު ދަށުން އޭނާގެ މައްޗަށް 20 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވެއެވެ.

މި 40 އަހަރުގެ ޖަލު ހުކުމްގެ ތެރެއިން އޭނާ ތަންފީޒުކުރަން ޖެހޭނީ މި މައްސަލައިގެ ތުހުމަތުގައި ބަންދުގައި އޭނާ ހޭދަކުރި 2 އަހަރާއި 1 މަހާއި 14 ދުވަސް އުނިކުރުމަށްފަހު އޮންނަ މުއްދަތެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top