އޭދަފުށީ ތަނޑިރަތްމާގޭ މަރްޔަމް މުހައްމަދު ނިޔާވެއްޖެ

0-02-06-8689d721535efa850632f1d6ebb408205b5f22a223e79cc2f60b5e6cda23c222_67984dda.jpg

މަރްޔަމް މުހައްމަދު -1934 - 2019

ދިވެހި ގައުމަށާ ބ.އަތޮޅަށާއި އޭދަފުއްޓަށް ގިނަ ގުނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ދަރިންތަކެއްގެ މަންމަ ބ.އޭދަފުށީ ތަނޑިރަތްމާގޭ މަރްޔަމް މުހައްމަދު މިއަދު ނިޔާ ވެއްޖެއެވެ.

މިއަދަކީ މަރްހޫމާގެ އުމުރުން 85 އަހަރު ފުރުނު ދުވަހެވެ.

މަރްޔަމް ނިޔާވެފައިވަނި މުސްކުޅި ބަލީގައި އުޅުއްވުމަށްފަހު މިއަދު ހެނދުނު 11 ޖަހާކަށް ކާއިރު އައިޖިއެމް ހޮސްޕިޓަލުގައެވެ. ނިޔާވި އިރު މަންމަކިޔާ 5 އަންހެން ދަރިންނާއި5 ފިރިހެން ދަރިންގެ އިތުރުން މމަކިޔާ ދަރިންނާއި މުނިމާމަ ކިޔާ ދަރިންވެސް އެބަތިއްބެވެ.

އޭނާގެ ދަރިންގެ ތެރެއިން ދޮށީ ދަރިފުޅު އަހުމަދު ހަލީލުއަކީ ރާއްޖޭގައި ކޮމިއުނިޓީ ހެލްތު ވޯކަރުން އުފެއްދުމަށް ސަރުކާރުން ހިންގި ކޯހުގެ ފުރަތަމަ ބުރު ފުރިހަމަ ކުރުމަށްފަހު ސިއްހީ ދާއިރާއާ ގުޅިގެން އެދާއިރާގެ މަތީ ލެވެލްތަކުގައި 40 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތް ކުރެއްވުމުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ބ.އަތޮޅުގެ މެންބަރުކަން ވެސް ކުރައްވާފައިވާ ޚިދުމަތްތެރިއެކެވެ.

މާމަ ދަރިންގެ ތެރޭގައި ރާއްޖޭގެ ނިސްބަތުން ފާހަގަ ކުރެވޭ ބޮޑެތި ވިޔަފާރިވެރިންނާއި ސަރުކާރުގެ ޚިދުމަތް ކުރުމުގައި މިއަދުވެސް ޕޮލިސީލެވެލްގެ ދަރިންތަކެއް ތިބިކަން ފާހަގަ ކުރެވެއެވެ.

މަރުހޫމާގެ މައްޗަށް ކަށުނަމާދު ކުރުން އޮންނާނެ ވަގުތު އާއިލާގެ ފަރާތުން އަދި އިއުލާނެއް ނުކުރެއެވެ.

މަަރްޔަމްގެ ދާއިމީ ވަކި ވިއުމާގުޅިގެން މުޅި އާއިލާއަށް ލިބުނު ފުން ހިތާމައިގާ “އޭދަފުށީ ވޮއިސް” ގެ ފަރާތުން ބައިވެރިވަމުއެވެ. އާއިލާއަށް ކެތްތެރިކަން ދެއްވައި ތައުޒިޔާ ކިޔަމުއެވެ. އެމަރުހޫމާގެ ފާފަ ފުއްސަވައި ސުވަރުގޭގެ ދާއިމީ ނިއުމަތް ލެއްވުން އެދި ދުއާ ކުރަމުއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top