ޑރ ޒިޔާދުގެ ނަސޭހަތް: ގިނަ ހެޔޮކަންތައް

muslims-praying-masjid-768x384.jpg

عَنِ الْحَارِثِ بْنِ عَاصِمٍ الْأَشْعَرِيِّ رَضِي اللهُ عَنْهُ، قَالَ، قَالَ رَسُوْلُ اللهِ صلى الله عليه وسلم (الطُّـهُوْرُ شَطْرُ الْإِيْمَانِ، وَالْحَمْدُ للهِ تَمْلَأُ الْمِيزَانَ، وَسُبْحَانَ اللهِ وَالْحَمْدُ للهِ تَمْلَأُ مَا بَيْنَ السَّمَواتِ وَالْأَرْضِ، وَالصَّلاَةُ نُورٌ، وَالصَّدَقَةُ بُرْهَانٌ، وَالصَّبْرُ ضِيَاءٌ، وَالْقُرْآنُ حُجَّةٌ لَكَ أَوْ عَلَيْكَ، كُلُّ النَّاسِ يَغْدُو؛ فَبَائِعٌ نَفْسَهُ فَمُعْتِقُهَا أَوْ مُوبِقُهَا). رواه مسلِمٌ.

މާނައީ: މާތްﷲ ރުއްސުންލެއްވި އަލްޙާރިޘު ބުނު ޢާޞިމު އަލްއަޝްޢަރީ ގެ އަރިހުން ރިވާ ވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ސަލާމާއި ޞަލަވާތްލެއްވި ރަސޫލުﷲގެފާނު ޙަދީޘްކުރެއްވިއެވެ. “ޠާހިރުކަމަކީ އީމާންކަމުގެ ދެބައިކުޅައެއްބައެވެ. (اَلْحَمْدُ للهِ) މިކަލިމަ މީޒާން ފުރައިލާހުއްޓެވެ. (سُبْحَانَ اللهِ وَالْحَمْدُ للهِ) މި ދެކަލިމަ އުޑާއި ބިމާއި ދެމެދު ފުރައިލާހުއްޓެވެ. އަދި ނަމާދަކީ ނޫރެކެވެ. އަދި ޞަދަޤާތަކީ (ސަލާމަތްވުމުގެ) ޙުއްޖަތެކެވެ. އަދި ކެތްތެރިވުމަކީ އަލިކަމެކެވެ. ކީރިތި ޤުރްއާނަކީ ތިބާ ސަލާމަތްވުމަށް ލިބިގެންވާ ޙުއްޖަތެކެވެ. ނުވަތަ (ކީރިތި ޤުރްއާނުގައިވާ ކަންތައްތަކަށް ޢަމަލުނުކޮށްފިނަމަ) ތިބާ ހަލާކުވުމުގެ މައްޗަށް ހުރި ޙުއްޖަތެކެވެ. ކޮންމެ މީހަކުވެސް އެމީހަކު ބޭނުންކަމެއް ހޯދުމަށް މަސައްކަތް ކުރެއެވެ. ފަހެ އޭގެތެރޭގައިވަނީ ތިމާގެ އަމިއްލަނަފުސު މާތްﷲއަށް ވިއްކައި އެނަފުސު ސަލާމަތްކުރާ މީހުންނެވެ. ނުވަތަ ތިމާގެ ހަވާނަފުސަށް ހަށިގަނޑު ވިއްކައި އެނަފުސު ހަލާކުގެތެރެއަށް އެއްލައިލާ މީހުންނެވެ.”

ޙަދީޘް ލިބިގަންނަވިފިލާވަޅު

  • އިސްލާމްދީނުގައި ސާފްތާހިރުކަމަށް ދީފައިވާ މުހިންމުކަން
  • ޒިކުރު ކުރުމުގެ މާތްކަން
  • ފަރުޟުފަސްނަމާދާ ސުންނަތް ނަމާދު ތަށް އަދަކުރުމުގެ މުހިންމުކަން
  • ގިނަގިނައިން ޞަދަޤާން ދިނުމަކީ ﷲގެ ކޯފާއިން ސަލާމަތް ވާކަމެއް
  • ކީރިތި ޤުރުއާން ކިޔެވުމުން ޝަފާޢަތްތެރިކަން ލިބޭނެ
  • ހަވާނަފުސައް ތަބާވުމަކީ ގެއްލިހަލާކުވެގެންދާކަމެއް

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top