ދި ޓީވީއާއި ދި ޕްލަސް ހުއްޓާލަނީ

l_1470822852408ELd.jpg

ބްރޯޑްކާސްޓިން މޯލްޑިވްސް އަދި މޯލްޑިވްސް މީޑިއާ ކޮމްޕެނީން ހިންގަމުން އަންނަ ދި ޓީވީއާއި ދި ޕްލަސް، މިރޭ 12 އިން ފެށިގެން ހުއްޓާލަން ނިންމައިފިއެވެ.

އާއްމުންގެ ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ މި ދެ ޗެނެލްގެ ޓްރާންސްމިޝަން  މިރޭ 12އިން ފެށިގެން ހުއްޓާލަން ނިންމާފައިވާކަން  މިއަދުވަނީ އެދެކުންފުނީޯގައި މަސައްކަތް ކުރަމުން ގެންދާ 43 މުވައްޒަފުންނަށްވެސް އަންގާފައެވެ. މުވައްޒަފުންނަށް ފޮނުވާފައިވާ ނޯޓިސްގައި ބުނެފައިވަނީ މިހާރުގެ ހާލަތު ހުރިގޮތުން މޯލްޑިވްސް މީޑިއާ ކޮމްޕެނީއާއި ބްރޯޑްކާސްޓިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ހިންގަމުން ގެންދާ ޗެނަލްތައް ދެމެހެއްޓެނެވި ގޮތަކަށް ހިންގިދާނެ ކަމަށް ގަބޫލު ނުކުރެވޭތީ ދިއެފްއެމްއަދި ދިޓީވީ ބްރޯޑްކާސްޓު ކުރުން ހުއްޓާލަން ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވާ ކަމަށެވެ.

ނޯޓިސްގައި އިތުރަށް ބުނެފައިވަނީ  މިފަދަ ނިންމުމެއް ނިންމަން ޖެހުނުކަމަށްޓަކައި ހިތާމަކުރާކަމަށާއި ތިންމަސްދުވަހުގެ މުސާރަ ކޮންމެ މުވައްޒަފަކަށްވެސް ދޭން އެ ކުންފުނިން ނިންމާފައިވާކަމުގައެވެ.

މޯލްޑިވްސް މީޑިއާ ކޮމްޕެނީއާއި ބްރޯޑްކާސްޓިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ހިންގާ ޓީވީ ޗެނަލްތަކާއި ރޭޑިއޯ ޗެނަލް އަދި އޮންލައިން ހުއްޓާލުމަށް ނިންމުމަށްފަހު މޯލްޑިވްސް މީޑިއާ ކޮމްޕެނީން ވަނީ ލިޔުމުން އެކަން ބްރޯޑްކޮމްއަށް ވެސް އަންގާފަ އެވެ.

ދިޓީވީ އާއި ދިޕްލަސްގެ ޓްރާންސްމިޝަން މިރޭ ހުއްޓާލާއިރު ރާއްޖޭގައި ހިންގާ މީޑިއާތައް ބަންދު ކުރުމުގެ ބާރު ލިބިދޭ ގޮތަށް އަބުރު ރައްކާތެރިކޮށްދިނުމާއި ހިޔާލުފާޅު ކުރުމުގެ މިނިވަންކަމުގެ ބިލް އިއްޔެ ވަނީ ފާސްކޮށްފައެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top