ހިނގާ އީދު ޗުއްޓީއަށް ރޯޔަލް އައިލެންޑަށް! ވަރަށް އަގުހެޔޮ

vengine_models_hotel_gallery_h000004092016211717491.jpg

ރޯޔަލް އައިލެންޑް ރިސޯޓް - ފޮޓޯ : ވިލާ ހޮޓެލްސް

އޭދަފުށިން ފުރައިގެން އެންމެ ދިހަވަރަކަށް މިނިޓް ދެވޭހާ ކައިރިގައި އޮތް ރޯޔަލް އައިލެންޑް ރިސޯޓްގައި އީދު ޗުއްޓި ހޭދަކޮށްލުމަށް މިއީ ހަމަ ރަނުގެ ފުރުސަތެކެވެ.  ދިވެހިންނަށާއި ވޯކްޕާމިޓް އޮންނަ ބިދޭސީންނަށްވެސް ފުރުސަތު އެބައޮތެވެ.

ވިލާ ހޮޓެލްސް އިން ހިންގާ ފަސްތަރީގެ މި ރިސޯޓުން އީދު ބަންދާ ދިމާކޮށް މި މަހުގެ 25 އިން ޖުލައި 2 ގެ ނިޔަލަށް  ތައާރަފްކޮށްފައިވާ މި ޕެކޭޖްގައި ދެ މީހަކަށާއި ކުޑަ ކުއްޖަކަށް (ޑަބަލް ރޫމް) ނަގަނީ ރެއަކަށް 2،095ރ. އެވެ. އެއީ ތިން އިރުގެ ކެއުމާވެސް އެކުގައެވެ.

އިތުރުން ދަތުރުގެ ހަރަދުގެ ގޮތުގައި ބޮޑު މީހަކަށް 800ރ. އަދި ކުޑަކުއްޖަކަށް 500ރ. ވަކިން ޗާޖުކުރެ އެވެ. ނަމަވެސް އޭދަފުށިން އެ ރިސޯޓަށް ޗުއްޓީ ހޭދަކޮށްލަން ދާން ބޭނުންވާ މީހުންނަށް ރިސޯޓުން ހިލޭ ދަތުރު ހަމަޖައްސައިދެ އެވެ.

ރޯޔަލް އައިލެންޑް ރިސޯޓުން ބުނީ އީދާ ދިމާކޮށް އެރިސޯޓުން ދިވެހިންނަށް ހާއްސަ ޕެކޭޖެއް ތައާރަފްކުރީ އެކަށީގެންވާ ހެޔޮ އަގެއްގައި ރިސޯޓެއްގައި އާއިލާ ގޮވައިގެން ހިތްހަމަޖެހޭ، އުފާވެރި ދުވަސްތަކަކަށް އީދު ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top