އަތީފަށް ކުރި ތާއީދު އަނބުރާ ގެންގޮސްފި

large_1553589681595kVR.jpg

މުހައްމަދު އަތީފް- ފޮޓޯ :ޕީއެސްއެމް

ބ.ތުޅާދޫ ދާއިރާގެ ޕީޕީއެމްގެ ކެންޑިޑޭޓް މުހައްމަދު އަތީފަށް ޕީޕީއެމް އިން ތާއީދު އެ ޕާޓީން އަނބުރާ ގެންގޮސްފިއެވެ.

ކޮންގްރެސް ޕާޓީގެ ވަގުތީ ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ އާތިފަށް ކުރި ތާއިދު އަނބުރާ ގެންގޮސްފައިވަނީ އޭނާ އާއި އެކު ކުރެވުނު މަޝްވަރާއަކަށް ފަހު ގަބޫލު ނުކުރެވޭ ފަދަ ކަންތައްތަކެއް އޭނާގެ ފަރާތުން ފެނިފައިވާތީ ކަަމަށެ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވެފައިވެއެވެ.

އެގޮތުން އަތީފް ވަނީ ދާދިފަހުން ޕްރޮގްރެސިވް ކޯލިޝަނުގެ އިސް ބޭފުޅުން އޮފީހަށް ވަނަ ނުދީ ހިފަހައްޓާފައި ކަމަށާއި އެ މައްސަލަ މިހާރު ޕީޕީއެމްގެ ސުލީކީ ކޮމެޓީން ބަލަމުންދާ ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.

“އަޅުގަނޑުމެން މިހާރު އެބަ ވިސްނަން ތުޅާދޫ ދާއިރާ އަށް އަޅުގަނޑުމެންގެ ޓިކެޓުގައި ވާދަކުރައްވާ އަތީފް އަށް އޮތް ތާއީދު އަނބުރާ ގެންދަން” އަދުރޭ ވިދާޅުވިއެވެ.

އަތީފަށް ކުރި ތާއީދު އަނބުރާ ގެނައުމަށްފަހު ޕްރޮގްރެސިވް ކޯލިޝަނުގެ ފަރާތުން މިހާރު ނިންމާފައިވަނީ ތުޅާދޫ ދާއިރާ އަށް އަމިއްލަ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓު މުހައްމަދު ޒަހީން އަށް ތާއީދު ކުރުމަށް ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.

އަންނަ މަހުގެ ހަވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ތުޅާދޫ ދާއިރާ އަށް ހަތަރު ކެންޑިޑޭޓަކު ވާދަ ކުރެއެވެ. އޭގެ ތެރޭގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ ގާނޫނީ ވަކީލު ހިސާން ހުސެއިން ވެސް ހިމެނިވަޑައިގަންނަވައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top