ދިރާގު ބްރޯޑްބޭންޑް ބޫސްޓަރުތަކުން 50 ޕަސެންޓް ހެޔޮކޮށްފި!

medium_81421.jpg

ދިރާގުން ދޭ ޚިދުމަތްތަކުގެ ތެރެއިން ފިކްސްޑް ބްރޯޑްބޭންޑް ބޫސްޓަރު 50 ޕަސެންޓް އަގުހެޔޮކޮށް ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.

ބޫސްޓަރުތައް ބޭނުންކުރަނީ ދިރާގުން ބްރޯޑްބޭންޑްގެ ހިދުމަތް ދޭއިރު ފެއާ ޔޫސޭޓް އެލަވަންސް ހަމަވުމުން ކުރީގެ ސްޕީޑްގައި އިންޓެނެޓް ބޭނުންކުރުމަށެެވެ. ނަމަވެސް އެ ސްޕީޑްގައި އިންޓަނެޓް ބޭނުންކުރަނީ ވަކި ފީއެއް ދައްކައިގެންނެވެ.

މި ޕްރޮމޯޝަނާއެކު އެ ފީ އިން 50 ޕަސެންޓް އަގުހެޔޮވެގެންދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ޕްރޮމޯޝަންގައި ތިން ޖީބީގެ ބޫސްޓަރެއް މިހާރު 15 ރުފިޔާއަށް ލިބޭ އިރު، އަށް ޖީބީގެ ބޫސްޓަރެއް 37 ރުފިޔާ 50 ލާރިއަށް ލިބޭނެއެވެ. 15 ޖީބީގެ ބޫސްޓަރެއް 65 ރުފިޔާއަށް ލިބޭއިރު 30ޖީބީގެ ބޫސްޓަރެއް 125 ރުފިޔާއަށް ލިބޭނެއެވެ. އަދި 75 ޖީބީގެ ބޫސްޓަރެއް 300 ރުފިޔާއަށް ލިބޭއިރު 100 ޖީބީގެ ބޫސްޓަރެއް 395 ރުފިޔާއަށް ލިބޭނެއެވެ.

ބިޒްނަސް ޕެކޭޖުގެ އަގުތަކަށް އަންނަ ބަދަލަށް ބަލާއިރު 15 ޖީބީގެ ބޫސްޓަރެއް 125 އަށް ލިބޭއިރު 30 ޖީބީގެ ބޫސްޓަރެއް 200 އަށް ލިބެއެވެ. 60 ޖީބީގެ ބޫސްޓަރެއް 375 އަށް ލިބޭއިރު 115 ޖީބީގެ ބޫސްޓަރެއް 500 އަށް ލިބެއެވެ. އަދި 230 ޖީބީގެ ބޫސްޓަރެއް 750 އަށް ލިބެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top