މުޅިން އަލަށް އޭދަފުށީގައި އަންހެނުންގެ ފުޓްސަލް މުބާރާތެއް

DSC_3252.jpg

ޔުނައިޓެޑް ވީއާއި އެފްސީ ހަމަދޫކޮށްލީ ގެ މެޗު ފޮޓޯ : ރާއި|

އޭދަފުށީގެ ޒުވާނުން ބޮޑުބެރަށް ހޭލައްވާލި ގްރޫޕް “ޑައުންޓައުން ” ގެ ފަރާތުން މި އީދުގެ މުނާސަބަތުގައި މުޅިން އަލަށް ބޭއްވި ވުމަންސް ފުޓްސަލް މުބާރާތުގެ މެޗްތައް ރޭ  ކުޅެން ފަށައިފިއެވެ.

ގިނަ ބަޔަކު ކުޅިބަލަން ދިޔަ ފޯރިގަދަ މިފުޓްސަލް މުބާރާތް ބާއްވާފައިވަނީ އޭދަފުށިގެ ފުޓްސަލް ދަނޑުގައެވެ.

ދެގްރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ރޭ ވަނީ ހަތަރު މެޗް ކުޅެފައެވެ.

ހުސްސޮގާއި ވެލާސިޓީގެ މެޗުން މުބާރާތް ފެށި މިމެޗު 0-3ގެ ނަތީޖާއިން ކާމިޔާބު ކޮށްފައިވަނީ ހުސްސޮގުން ޓީމެވެ.  ޓީމަށް ލަނޑުތައް ޖަހާދީފައިވަނީ ފާތުމަތު ޝަފްނާއާއި އައިޝަތު ރަޝީދާއެވެ.

ދެވަނަ މެޗުގައި ބައްދަލުކުރީ ޔުނައިޓެޑް ވީއާއި އެފްސީ ހަމަދޫކޮށްލީ އެވެ. މިމެޗް 0-7 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބުކުރީ ޔުނައިޓެޑް ވީއެވެ.  ޔުނައިޓެޑް ވީ އަށް ލަނޑުޖަހައިދިން ކުޅުންތެރިންނަކީ އައިމިނަތު ރީނާ، ޝަހުލާ އަލީ ގެ އިތުރުން ޝަހްމާ އަބްދުއްރަޙްމާންއެވެ.

ތިންވަން މެޗުގައި ބައްދަލުކުރި އިރުމަތީ ލަވަރސް ފެމިނާއާއި ރުވާސްޕޯޓްސްގެ މެޗު 2-1 ން މޮޅުވެފައިވަނީ ލަވަރސްފެމިނާއެވެ. މި މެޗްގައި އިރުމަތީ ލަވާރސް ފެމިނާ ޓީމުގެ 2 ލަނޑުވެސް ކާމިޔާބުކޮށްދިނީ ފާތިމަތު ޒާހިރާއެވެ. ރުވާ ސްޕޯޓްސް އިން ޖެހި ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ސުވައިދާ އަބްދުއް ޝަކޫރްއެވެ.

ފަހު މެޗުގައި ބައްދަލުކުރީ ޕްރެގް ލޭޑީޒް އާއި ފްރެންޑްސް ޓީމެވެ. މި މެޗް 2-3 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ޕްރެގް ލޭޑީސް ޓީމުންނެވެ. ޕްރެގް ލޭޑީޒް ޓީމުގެ ލަނޑުތަށް ކާމިޔާބުކޮށްދިނީ އާލިމާ ހުސައިން އާއި އައިޝަތު ދިފްލާ އަދި މީޒާ އަބްދުލްއަޒީޒެވެ. ފްރެންޑްސް ޓީމުގެ ދެލަނޑު ޖަހާފައިވަނީ މުނީރާ އުމަރު އާއި ފާތިމަތު ޒީނިޔާއެވެ.

މި މުބާރާތުގައި މިރޭވެސް 4 މެޗު ކުޅެން ހަމަޖެހިފައިވެއެވެ.އެއީ
20:00 މަގޫ ސްޓާރސް – ހުސްސޮގުން
20:45 އަގްލިއޯ އޮލިއޯ – ޔުނައިޓެޑް ވީ
21:30 ވެލާ ސިޓީ – އިރުމަތީ ލަވާރސް ފެމިނާ
22:15 އެފްސީ ހަމަދޫކޮށްލީ – ޕްރެގް ލޭޑީސް

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top