ޚާއްސަ ފުޓްބޯޅަ މެޗެއް މިއަދު އޭދަފުށީގައި

14191982_1331247913570654_1993205316617788179_n.jpg

ދަނގަޑޭގެ ނަމުން މަޝްހޫރުވެފައިވާރާއްޖޭގެ ތާރީޚް ދުށް އެންމެ މޮޅު ކުޅުންތެރިޔާ އާއި އޭދަފުށީގެ އުދުހޭ ފޯވާޑްގެ ނަމުން މަޝްހޫރުވެފައިވާ ހަމްޒާ މުހައްމަދު ގަލޮޅު ދަނޑުގައި

އޭދަފުށީ ޒުވާނުންގެ ޖަމިއްޔާގެ 25 އަހަރުކުރީގެ ހަނދާންތަކާއެކު މިއަދު ހަވީރު އޭދަފުށީގައި ފުޓްބޯޅަ މެޗެއް ބާއްވަން ނިންމައިފިއެވެ. މި މެޗް އިންތިޒާމްކުރާ ފަރާތުން ހާމަ ކުރި ގޮތުގައި މެޗްގައި ބައްދަލުކުރާނީ އޭދަފުށީ ޒުވާނުންގެ ޖަމިއްޔާއިން ވިދާލި އޭރުގެ ކުޅުންތެރިންނާއި އޭދަފުށިން ހޮވާލެވޭ 35 އަހަރުން މަތީގެ ޓީމެކެވެ.

މެޗާ ބެހޭ ގޮތުން އޭދަފުށީ ޒުވާނުންގެ ޖަމިއްޔާގެ ފުޓްބޯޅަ ޓީމް ގެ މަޝްހޫރު ކުޅުންތެރިޔާ އަދި ދިވެހި ގައުމީ ޓީމަށް ރިހި މެޑެލް ހޯދައިދިން ޓީމްގައި ހިމެނުނު އަބްދުލްވާހިދު ވިދާޅުވީ މި މެޗުން ޝައުގު ކުރުވަނިވި ކަންތައްތަކެއް ފެނިގެން ދާނެކަމަށާއި އެމީހުންގެ އެދުވަހުގެ ހިތްވަރާއި ބުންވަރު ބަލާލަން މިއީ ލިބިގެންދާނެ ރަނުގެ ފުރުސަތެއް ކަމުގައެވެ.

މިމެޗް ފެށުމަށް ހަމަޖެހިފައިވަނީ ހަވީރު 4:15 ގައި ރަސްމީ ބޯޅަދަނޑުގައެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top