ރަށްރަށުން ނަގާ ކޮވިޑް ސާމްޕަލްތަކުގެ ޓެސްޓް މެޑިފްލެކްސްއިން ކޮށްދެނީ ހިލޭ !

large_160844820189fOv.jpg

ކޮވިޑް-19 އާ ގުޅިގެން އަތޮޅު ތެރޭގައި ބަލި ކޮންޓްރޯލް ކުރުމަށް އެހީތެރިވުމުގެ ގޮތުން ރަށް ރަށުން ނަގާ ސާމްޕަލްތަކުގެ ޕީސީއާރު ޓެސްޓް، މެޑިފްލެކްސް އިން ހިލޭ ހަދައިދޭން ނިންމައިފިއެވެ.

މެޑިފްލެކްސް އަކީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މެޑިކަލް އިކުއިޕްމަންޓް ސަޕްލައި ކުރާ މެޑްޓެކް މޯލްޑިވްސްގެ ދަށުން ހިންގާ ތަނެކެވެ.

މެޑިފްލެކްސް އިން ބުނީ، އަތޮޅު ތެރެއިން ޓެސްޓް ކުރަން މާލެ އަށް ފޮނުވާ ސާމްޕަލްތައް ހިލޭ ޓެސްޓް ކޮށްދޭން ފެށީ އެ ކުންފުނީގެ އިޖްތިމާއީ ޒިންމާގެ ދަށުން ކަމަށެވެ.

އެގޮތުން ބ. އޭދަފުށީ އަތޮޅު ހޮސްޕިޓަލުގައި ޑަބްލިއުއެޗްއޯގެ އެހީގައި ކޮވިޑް ޓެސްޓް ކުރުމަށް ބަހައްޓާފައި ހުރި ޖީން އެކްސްޕާޓް މެޝިން ހަލާކުވެފައި ހުރުމުން، އެ ހޮސްޕިޓަލުން އެދުމުން އެ ރަށުގެ ބައެއް ސާމްޕަލްތައް މިހާރު ވަނީ މެޑިފްލެކްސް ލެބުގައި ހުރި ޖީން އެކްސްޕާޓް މެޝިނުން ހިލޭ ޓެސްޓް ކޮށްދީފަ އެވެ.

ޖީން އެކްސްޕާޓް މެޝިނަކީ ގޯލްޑް ސްޓޭންޑާޑް އާރުޓީ ޕީސީއާރު ޓެސްޓާއި އެއް ހަމައެއްގައި، ޑަބްލިއުއެޗްއޯ އާއި އެމެރިކާގެ އެފްޑީއޭ އަދި ޔޫރަޕްގެ މެޑިކަލް އިވެލުއޭޝަން އެޖެންސީން އެޕްރޫވަލް ދީފައިވާ ޕީސީއާރު މެޝިނެކެވެ. އާންމުކޮށް ޕީސީއާރު ޓެސްޓް ހަދާ މެޝިނުތަކާއި ހިލާތަށް، ޖީން އެކްސްޕާޓް މެޝިނުން ގިނަވެގެން 30 މިނިޓްގެ ތެރޭގައި ޓެސްޓްގެ ނަތީޖާ ލިބޭނެ އެވެ.

އެހެންކަމުން ރަށް ރަށުން ނަގާ ސާމްޕަލްތައް މާލެ އަށް ފޮނުވައިގެން ޓެސްޓް ހަދާއިރު، ނަތީޖާ ލިބުން ދިގުލައިގެން ދާ މައްސަލަ އަށް މެޑިފްލެކްސް ގެ އެހީއާ އެކު ހައްލު ލިބޭނެއެވެ.

ޕީސީއާރު ޓެސްޓް ކުރުމަށް އާންމުކޮށް ބޭނުންކުރާ މެޝިނުތަކަށް ވުރެ އެތައް ގުނައެއް އަވަހަށް ޖީން އެކްސްޕާޓުން ޓެސްޓް ކުރުމުން ނަތީޖާ ލިބުނު ނަމަވެސް، ރާއްޖޭން ބޭރަށް ދަތުރުކުރާ މީހުން ޓެސްޓް ކުރުމަށް އެ މެޝިން ބޭނުން ކުރުމުގެ ހުއްދަ ހެލްތު މިނިސްޓްރީން ދީފައި ނުވާ ކަމަށް، އެ މެޝިނު އުފައްދާ އެމެރިކާގެ މަޝްހޫރު ސެފައިޑް ކުންފުނީގެ ރާއްޖޭގެ އޮތޮރައިޒްޑް އެޖެންޓް ކަމަށްވާ މެޑްޓެކުން ބުނެ އެވެ.

މެޑްފްލެކްސް އިން ބުނީ އަތޮޅުތެރޭގެ ސާމްޕަލްތަކުގެ އިތުރުން ހޮސްޕިޓަލު ތަކުން އެދިއްޖެ ހާލަތެއްގައި، އެ ކުންފުނީގެ ސީއެސްއާރު ޕޮލިސީގައިވާ އުސޫލުތަކުގެ ދަށުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.

އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ޕީސީއާރު ޓެސްޓް ހެދުމުގެ ހިދުމަތް ދެމުން އަންނަ މެޑިފްލެކްސް އިން ވަނީ އާންމުންނަށް ޓެސްޓް ކޮށްދޭ އަގު ވެސް ވަރަސް ބޮޑށް ހެޔޮކޮށްފަ އެވެ. އެގޮތުން އެ ލެބަށް ގޮސްގެން ޕީސީއާރު ޓެސްޓް ހަދާ އެންމެނަށް 700 ރުފިޔާ އަށް ޓެސްޓް ހަދައިދޭނެ އެވެ.

މެޑިފްލެކްސް ލެބޯޓަރީ ހުންނާނީ ކަނބާ އައިސާ ރަނި ހިނގުމުން އައިޖީއެމްއެޗް ހޮސްޕީޓަލް ކުރިމައްޗަށްވާ ގޮތަށް، މ. ކޮޓޭޖްގެ ގްރައުންޑް ފްލޯގަ އެވެ. ލެބޯޓަރީ 24 ގަޑިއިރަށް ހުޅުވާފައި ހުންނާނެ ކަމަށް މެޑިފްލެކްސް އިން ބުނެ އެވެ.

މެޑިފްލެކްސް އިން ބުނީ ފަތުރުވެރިންގެ ސާމްޕަލް ފޮނުވުމުން މާލެ އާއި ހުޅުމާލޭގެ އިތުރުން އެއާޕޯޓުން ސާމްޕަލްތަކާއި ހަވާލުވާނެ ކަމަށެވެ. ޓެސްޓްގެ ނަތީޖާ ކަސްޓަމަރު ބޭނުންވާނަމަ އީމެއިލް ކޮށްދޭނެ ކަމަށް މެޑްފްލެކްސް އިން ބުނެ އެވެ.

އިތުރު މައުލޫމާތު ބޭނުންވާނަމަ، 3308020 އަށް ގުޅުމުން ނުވަތަ [email protected] އަށް އީމެއިލް ކުރުމުން އެ މައުލޫމާތު ފޯރުކޮށްދޭނެ އެވެ. އަދި މެޑިފްލެކްސްގެ ވެބްސައިޓް، www.mediflex.mv އިން އިތުރު މައުލޫމާތު ލިބޭނެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top