ކައުންސިލަރުންގެ މުސާރަތަކަށް ބަދަލު ގެނެސްފި

big_auDNGqZ58q0s5zVtv4vhpUDXf.jpeg

މަޖިލިސްގެ ޖަލްސާ އެއް--ފޮޓޯ : މަޖިލިސް

ރަށްރަށުގެ ކައުންސިލުތަކުގެ ރައީސުންނަށް ދޭން މާލިއްޔަތު ކޮމިޓީއިން ނިންމި 23،000 ރުފިޔާ އިން 3000 ރުފިޔާ ކަނޑާލައި މުސާރަތައް މަޖިލީހުން ފާސްކޮށްފި އެވެ.

ކުރިން ވަނީ ކައުންސިލު ތަކުގެ ރައީސުންނަށް 23،000ގެ މުސާރައެއް ދިނުމަށް މަޖިލީހުން ވޯޓުދީފައެވެ.

މިއަދު މަޖިލީހުން ފާސްކުރި ގޮތަށް ބަލާއިރު ކައުންސިލުތަކުގެ ރައީސުންނަށް މުސާރައިގެ ގޮތުގައި ލިބޭނީ 20،000 ރުފިޔާ އެވެ. އަދި ކައުންސިލުތަކުގެ ނައިބު ރައީސުންނަށް މުސާރައިގެ ގޮތުގައި 15،000 ރުފިޔާ އަދި ކައުންސިލް މެމްބަރުންނަށް މުސާރައިގެ ގޮތުގައި 13،000 ރުފިޔާ އެވެ.

އަތޮޅު ކައުންސިލުގެ ރައީސުންނަށް ދޭން ނިންމާފައި ވަނީ 28،000 ރުފިޔާގެ މުސާރަ އެކެވެ.

ހަމައެހެންމެ ސިޓީ ކައުންސިލުތަކުގެ މޭޔަރުންނަށް މުސާރައިގެ ގޮތުގައި 40،000 ރުފިޔާ އަދި ޑެޕިއުޓީ މޭޔަރުންނަށް މުސާރައިގެ ގޮތުގައި 35،000 ރުފިޔާ އަދި ސިޓީ ކައުންސިލުގެ މެންބަރުންނަށް މުސާރައިގެ ގޮތުގައި 30،000 ރުފިޔާ ލިބޭނެ ކަމަށް މަޖިލީހުން މިއަދު ފާސްކުރި ރިޕޯޓުގައި ވެއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top