ކޮވިޑް-19: ޚަތިމް ކުރުމުގެ ޗެލެންޖެއް ޑރ.ޝަހީމް ފައްޓަވައިފި

DSC_3787_resize-760x450.jpg

ޑރ.ޝަހީމް

ކޮވިޑް- 19 އާއި ގުޅިގެން، ޤުރުއާން ޗެލެންޖުގެ ނަމުގައި ޚަތިމް ކުރުމުގެ ޗެލެންޖެއް ކުރީގެ އިސްލާމިކް މިނިސްޓަރު އަދި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީންގެ ރަނިންމޭޓް، ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ފައްޓަވައިފިއެވެ.

ޤުރުއާން ޗެލެންޖު ފެއްޓެވުމަށްފަހު ޑރ. ޝަހީމް ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ، މިއީ އިސްލާމީ އުންމަތަށް ހިތާމަވެރި ވަގުތަކަށްވާތީ މާތް ﷲ އަށް ކުއްތަންވުމުގެ ގޮތުން އެންމެން ވެގެން ހަތިމްކުރަން ފެށީ ކަމަށެވެ.

މިޗެލެންޖުގައި ބޮޑެތި މީހުންނާއި ކުޑަކުދިންނަށް ބައިވެރިވެވޭނެ ކަމަށާއި، ” ޓުވިޓާ، އެފްބީ، އިންސްޓްގްރާމް މެދުވެރިކޮށް ކުރިއަށްގެން ދެވޭނެ. އަޅުގަނޑު ފަށައިފިން، ކުރިއަށް ގެންދަވާށެވެ! ރީތިކޮށް ކިޔަވާ ޒުވާނުން ބައިވެރިވާށެވެ! ކޮންމެވެސް މިންވަރެއް ކިޔަވާފައި ސޯޝަލްމީޑިޔާއަށް ލައްވާށެވެ! އެންމެން ބައިވެރިވާށެވެ! ކޮންމެ ރާގަކަށް ކިޔެވުނަސް އެންމެ ރަނގަޅެވެ! ޤުރުއާން މުދައްރިސުން، އިމާމުން، ޤާރީން ބައިވެރިވާށެެވެ!” ޝަހީމް ވިދާޅުވެފައި ވެއެވެ.

ޑރ ޝަހީމްގެ މި ވާހަކަކޮޅާ ގުޅިގެން އެކި އުމުރު ފުރައިގެ މީހުން މިހާރު ދަނީ މި ޗެލެންޖް ފުރިހަމަ ކުރުމުގެ މަސައްކަތް ފަށާފައެވެ.

ޑރ. ޝަހީމް ވިދާޅުވީ ޤުރްއާން ޗެލެންޖު ކުރިއަށްދާއިރު އެކި އާޔަތްތަކާއި ނަބީބޭކަލުންގެ ވާހަކަތަކާއި ޤުރުއާން ގައިވާ މުހިންމު ކަންކަމާއި ބެހޭގޮތުން ވާހަކަ ދައްކަމުން ގެންދަވާނެ ކަމަށެވެ. އެބައި ކުރިއަށް ގެންދާނީ ޑރ.ޝަހީމްގެ ފޭސްބުކް ޕޭޖް ގައެވެ.

މިހާރުވެސް ގިނަ ބަޔަކު މި ޗެލްންޖް ގަބޫލުކޮށް ޤުރުޢާން ކިޔަވައި ވީޑިއޯތައް ދަނީ ސޯޝަލް މީޑިއާގައި ޕޯސްޓުކުރަމުންނެވެ.

ޑރ. ޝަހީމް ތައާރަފް ކުރެއްވި މި ޗެލެންޖަށް ގިނަ ބަޔަކު ތައުރީފްކޮށްފައިވާއިރު، ބަލިމަޑުކަމަކާއި މުޅި އިންސާނިއްޔަތު ހަނގުރާމަކުރަމުންދާ ދަނޑިވަޅަކާއި ދިމާކޮށް މިފަދަ ޗެލެންޖެއް ކުރުން އެއީ ރަނގަޅު ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ވަނީ ފާހަގަކޮށްފައެވެ.

ކޮވިޑް-19 އާއި ގުޅިގެން ގިނަ ބަޔަކު ގޭގައި ތިބެން ޖެހި، ހުސްވަގުތު ގިނަވަމުން ގިނަ މީހުން އަންނަނީ ތަފާތު ޗެލެންޖްސްތައް ފުރިހަމަ ކުރަމުންނެވެ. އެފަދަ ޗެލެންޖްތަކުގެ ތެރެއިން ސަރުކާރުގެ ވަޒީރުންނާއި ސިޔާސީ އިސްބޭފުޅުން ގެންދަވަނީ ޓޮއިލެޓް ޕޭޕަރު ބޭނުންކޮށްގެން އެމީހުންގެ ހުނަރުވެރިކަން ދައްކަން ޗެލެންޖެއް ކުރިއަށް ގެންދަން ފެށި ނަމަވެސް ގިނަ ބަޔަކު ވަނީ އެކަމަށް ފާޑުކިޔާފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top