ޑީއެޗްއެލްއަށް ފައިސާ ދެއްކުމުގެ ނަމުގައި ސްކޭމް މެސެޖުތަކެއް!

big_x84mMuirmzDl3LJpxUvrSzTX9.png

ޑީއެޗްއެލްއިން އައިސްފައިވާ ޕެކޭޖެއްގެ ކަސްޓަމްސް ކްލިއަރެންސް ހެދުމަށް ފައިސާ ދެއްކުމުގެ ނަމުގައި، މެސެޖްތަކެއް ފޮނު ވަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިއަދު ބުނީ ޑީއެޗްއެލް އިން ޕެކޭޖެއްގެ ކަސްޓަމްސް ފީއަށް ފައިސާ ދެއްކުމަށް ކަމަށް ބުނެ ޓީއެމްއޭގެ ނަމުގައި މެސެޖުތަކެއް ދައުރުވަމުންދާ ކަމަށެވެ.

އެމެސެޖުގައި އޮންނަނީ ޑީއެޗްއެލް މެދުވެރިކޮށް އައިސްފައިވާ ޕެކޭޖެއްގެ ކަސްޓަމްސް ކްލިއަރެންސް ހެދުމަށް ފައިސާ ދެއްކުމަށް ކަމަށެވެ. މެސެޖުގައިވާ ލިންކަށް ވަނުމުން، ކޭޝް ކާޑުގެ މައުލޫމާތު ޖެހުމަށް ބުނާ ކަމަށެވެ. ނަމަވެސް މިއީ ސްކޭމެއް ކަމަށާއި، މިފަދަ މެސެޖެއް ލިބުނަސް ލިންކަށް ނުވަނުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

އެފަދަ ލިންކެއްގައި ކޭޝް ކާޑު މައުލޫމާތު ހިއްސާ ކުރެއްވިއްޖެ ނަމަ، އެކައުންޓުގައި ހުރި ފައިސާއިން ވެރިފަރާތަށް ނޭނގި ބޮޑެތި އަދަދުތަކުން ކުޑަ ހިނދުކޮޅެއްގެ ތެރޭ ވިޔަފާރި ކޮށްލައެވެ. ކާޑު ބްލޮކް ކުރެވޭއިރު ފައިސާ އަނބުރާ ނުލިބި އެއްކޮށް ގެއްލެއެވެ. ފުލުހުން ވަނީ އެއްވެސް ފަރާތަކަށް ކާޑުގެ މައުލޫމާތު ހިއްސާ ނުކުރުމަށް އިލްތިމާސްކޮށްފައެވެ. އަދި ގޮތް ނޭނގޭ އެއްވެސް ލިންކަކަށް ނުފިތުމަށް ފުލުހުންނާއި ކަމާއިބެހޭ އިދާރާތަކުން ލަފާދެއެވެ.

މަކަރާއި ހީލަތުން ފައިސާ ހޯދުމަށް އެންމެ ގިނައިން ފޯނުކުރާ އެއް ސަރަހައްދަކީ މާފުށި ހިމެނޭ ސަރަހައްދު ނުވަތަ މާފުށީ ޖަލު ކަމަށް ފުލުހުން މީގެ ކުރިން ބުނެފައިވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top