ޑރ.މުއިއްޒު ކެމްޕޭނަށް ބ.އަތޮޅަށް

Muizaza-1140x570-1.jpg

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު، ބ.އަތޮޅު ހިމެނޭހެން ހަތަރު އަތޮޅަކަށް ކުރައްވާ ދަތުރުފުޅުގައި މާދަމާ ފުރާވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް ޕީޕީއެމްއިން ބުނެފިއެވެ. ނަމަވެސް މި ދަތުރުފުޅުގެ ޝެޑިއުލްގައި އޭދަފުށި ހިމެނިފައި ނުވާކަމަށް މައުލޫމާތު ލިބިފައިވެއެވެ. މުއިއްޒު ވަަނީ މިދިޔަ މަހު އޭދަފުއްޓަސް ވަޑައިގެން ރައްޔިތުންނާއި ބައްދަލު ކުރައްވައި ބޮޑު ޖަލްސާއެއްވެސް ބާއްވާފަ އެވެ.

ޕީޕީއެމްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަދި މުއިއްޒުގެ އިންތިޚާބީ އެޖެންޓް މުހައްމަދު ތޮލާލް ވިދާޅުވީ ޑރ.މުއިއްޒު މާދަމާ ހެނދުނު ފައްޓަވާ ދަތުރުފުޅުގައި ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ނ.އަތޮޅު، ރ.އަތޮޅު، ބ.އަތޮޅު ޅ.އަތޮޅަށް ކަމަށެވެ.

މިދަތުރުފުޅު ނިންމަވާލައްވާނީ މިމަހު 22 ގައިކަމަށް އޭނާ ވިދާޅުވިއެވެ.

”އެނބުރި ވަޑައިގެންފައި ކުޅުދުށްފުއްޓަށް އަދި ވަޑައިގަންނަވާނެ. 22 ވަނަ ދުވަހުގެ ރޭ.“

ދެވަނަ ބުރުގައި ޑރ.މުއިއްޒު މިހާރު ވަނީ އަރިއަތޮޅާއި ބޮޑުތިލަދުންމަތީގެ ރަށްތަކުގެ ތެރެއިން 30 ރަށަށް ދަތުރުކުރައްވައިފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top