އާސަންދައިގެ އުސޫލުތަކަށް ބަދަލުތަކެއް

big_g3bQIRYy0u55p7n07nkHVYkd5.jpeg

ކޮވިޑާއި ގުޅިގެން އާސަންދަ ސްކީމްގެ ދަށުން ހިދުމަތް ހޯދުމުގައި އާއްމު ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ހައްލު ކުރުމުގެ ގޮތުން އެ ކުންފުނިން ދީފައިވާ ލުއިތަކަށް ބަދަލުގެންނަން އެ ކުންފުނިން ނިންމައިފި އެވެ.

މިކަމާ ގުޅިގެން މިއަދު އެކުންފުނިން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވަނީ ކޮވިޑާއި ގުޅިގެން، ދިގު މުއްދަތަކަށް ބޭސް ކާންޖެހޭ ފަރާތްތަކަށް ދޫކުރާ ކޮންމެ ބޭސް ސިޓީއަކަށް ދެ ފަހަރަށް ބޭސް ނެގޭ ގޮތަށް ކަނޑައެޅި އުސޫލު ބާތިލުކުރަން ނިންމާފައިވާ ކަމަށެވެ. އަދި އަންނަ އޮކްޓޫބަރު އެކަކުން ފެށިގެން އެފަދަ ބޭސްސިޓީތަކަށް ބޭސް ދޫކުރާނީ އެންމެ ފަހަރަކު ކަމަށާއި ދެވަނަ ފަހަރަށް ބޭސް ނެގޭނީ އަނެއްކާ ވެސް ޑޮކްޓަރު އާ ބޭސް ސިޓީއެއް ލިޔެދެއްވެމުން ކަމަށެވެ.

މީގެ އިތުރުން މިދިޔަ އަހަރު ޖެނުއަރީ އެކަކުން އިން ފެށިގެން އުފަންވެފައިވާ ހުރިހާ ކުދިންނަށް 28 ދުވަސް ވުމަށް ފަހުވެސް މަންމަގެ އައިޑީކާޑުން ހިދުމަތް ދެމުން ގެންދިޔަ އުސޫލަށް ވެސް ބަދަލުގެންނަން ނިންމާފައިވާ ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ. އެގޮތުން ނޮވެމްބަރު އެކަކުން ފެށިގެން ކުއްޖާއަށް 28 ދުވަސް ވުމަށް ފަހު އާސަންދަ ސްކީމްގެ ދަށުން ހިދުމަތް ލިބޭނީ ކުއްޖާއަށް ވަކި އައިޑީ ކާޑެއް ހައްދައިގެންނެވެ.

އާސަންދައިގެ އުސޫލަކީ އައިޑީ ނުވަތަ ޕާސްޕޯޓް ކާޑުގެ އަސްލަށް ހިދުމަތް ދިނުން ކަމަށެވެ. ނަމަވެސް އައިޑީކާޑު، ޕާސްޕޯޓް އަދި ޑްރައިވިން ލައިސަންސްގެ އަސްލު، ކޮޕީ އަދި ފޮޓޯއަށް އާސަންދަ ސްކީމްގެ ދަށުން ހިދުމަތްދޭ ކަމަށާ އެހެން ނަމަވެސް ހުރިހާ ފަރާތްތަކުން އައިޑީކާޑު ހެއްދުމަށާއި އާސަންދަ ސްކީމްގެ ދަށުން ހިދުމަތް ހޯދާއިރު ކާޑުގެ އަސްލު ދެއްކުމަށް ވެސް ބަޔާނުގައިވެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top