ގާޒީ އަލީ ނަސީރު، ގާޒީކަމުން މެޖިސްޓްރޭޓަކަށް މަގާމު ދަށްކޮށްފި

file_gnrbwy.jpg

ސިވިލް ކޯޓުގެ ގާޒީ އަލީ ނަސީރު. ފޮޓޯ: ރައީސް އޮފީސް

ކްރިމިނަލްކޯޓުގެ ގާޒީ ކަމުގެ މަގާމުގައި ހުންނެވި ބ.ކިހާދުއަށް އުފަން އަލީ ނަސީރުގެ މައްޗަށް ހުށައެޅިފައިވާ ސުލޫކީ މައްސަލަ ސާބިތުވާތީ މިހާރު ހުރި ގާޒީ ކަމުގެ މަގާމުގެ ދަރަޖަ ދަށްކޮށް މެޖިސްޓްރޭޓެއްގެ މަގާމަށް ބަދަލުކުރަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

މިކަމާ ގުޅިގެން ޖޭއެސްސީން ނެރުނު ބަޔާނުގައި ބުނީ އަލީ ނަސީރުގެ މަގާމު ދަށްކުރީ އެއް އަހަރު ދުވަސްވީ މައްސަލައެއް ސެކްޝަނުގައި ނުބޭއްވުމުގައި މަގުސަދުގައި އެ މައްސަލައިގެ ދައުވާ ފޯމް ބާތިލުކުރިކަން ސާބިތުވުމުން ކަމަށެވެ.

ކޯޓަށް ހުށަހެޅިފައިވާ ކަންކަމާމެދު ފައިސަލާކޮށް ގޮތެއް ނިންމުމުގެ ބަދަލުގައި ވަކި މުއްދަތެއްވީ މައްސަލައެއް ފަނޑިޔާރުގެ އަތުގައި ނުބޭއްވުމުގެ މަގުސަދުގައި މައްސަލައިގެ ހަސްމުން އެދިފައި ނުވާ ގޮތެއްގެ މައްޗަށް މައްސަލައިގައި ހުކުމްކޮށް މައްސަލަ ކޯޓުން ނުބަލައި ބޭރުކުރުމަކީ އަދުލު އިންސާފު ގާއިމްކުރުމުގެ އަސާސީ އުސޫލުތަކާ ހިލާފު ކަމެއް ކަމަށް ޖޭއެސްސީން ބުނެއެވެ.

ޖޭއެސްސީން ބުނި ގޮތުގައި ކޯޓަށް ހުށަހެޅިފައިވާ މައްސަލައެއްގައި ގިނަ ދުވަސްވަންދެން މައްސަލައެއް ސެކްޝަނުގައި ނުބޭއްވުމުގެ މަގުސަދުގައި، މައްސަލައިގެ ހިމެނޭ ފަރާތްތަކުގެ އެދުމާއި އިދިކޮޅަށް މައްސަލައިގައި ހުކުމްކުރުމަކީ އަދުލު އިންސާފު ގާއިމުކުުރުމުގެ އުސޫލުތަކާއި ހިލާފު ކަމެކެވެ.

‎އަދި ގާޒީ ނަސީރުގެ އެ އަމަލަކީ ފަނޑިޔާރުގޭގެ މުގައްދަސްކަމާއި އިތުބާރަށް އެކަމުގެ ސަބަބުން އަސަރުކުރާނޭ ކަމެއް ކަމަށާއި އެކަމުގެ ސަބަބުން ނާޖާއިޒު ގޮތުގައި ކޯޓުގެ ނިންމުންތަކުގެ ބޭނުން ހިފުމުގެ ފުރުސަތު މައްސަލައިގައި ހިމެނޭ ފަރާތްތަކަށް ހުޅުވިގެންދާފަދަ ކަމެއްކަމުގައި ޖޭއެސްސީން ފާހަގަކުރި އެވެ.

އަދި ގާޒީ ނަސީރު އެގޮތަށް އަމަލުކުރެއްވުމުން ފަނޑިޔާރުންގެ ގާނޫނުގެ 32 ވަނަ މާއްދާގެ (ހ) ގެ 5 ވަނަ ނަންބަރާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ 3.1 ވަނަ ނަމްބަރާއި ހިލާފުވެފައިވާ ކަމަށް ޖޭއެސްސީއިން ވަނީ ނިންމާފަ އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top