ޑެޕިއުޓީ ގަވަރުނަރަކަށް އޭދަފުށީ އިމާދު އައްޔަނު ކުރަން ކޮމިޓިން ފާސްކޮށްފި.

img_md_202008241122531598250173.9635.jpg

އަހުމަދު އިމާދު.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ )އިން ހުސްވެފައިވާ ޑެޕިއުޓީ ގަވަރުނަރުގެ މަގާމަށް ބ.އޭދަފުށީ ދިޔަވަރު، އަހުމަދު އިމާދު އައްޔަނު ކުރަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސް ކޮށްފިއެވެ.

އެމްއެމްއޭ ގެ އެސިސްޓެންޓް އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އިމާދުގެ ނަން ދިރާސާކޮށް އިގްތިސާދީ ކޮމެޓީން ފާސްކުރީ އިމާދުގެ ނަން ކޮމިޓީން ފާސްކުރީ، ކޮމިޓީން އޭނާއާ އިންޓަވިއު ކުރުމަށްފަހު ހާޒިރުވެވަޑައިގެން ތިއްބެވި ކޮމެޓީ މެންބަރުންގެ އިއްތިފާގުންނެވެ.

އިމާދުގެ ނަން ދެން ފޮނުވާނީ މަޖިލީހުގެ ތަޅުމަށެވެ. އޭނާ މަގާމަށް އައްޔަނު ކުރާނީ މަޖިލީހުގެ ތަޅުމުގައި ނަގާ ވޯޓުން އޭނާއަށް ރުހުން ދޭން ފާސްވެއްޖެނަމަ އެވެ.

މަރުކަޒީ ބޭންކުގައި މަސައްކަތް ކުރައްވާތާ 20 އަހަރު ވެފައިވާ އިމާދަކީ އިނގިރޭސި ވިލާތުން މާސްޓާސް އޮފް ސައިންސް އިން އިކޮނޮމިކްސް އެންޑް ފައިނޭންްސް އަދި މެލޭޝިއާ އިން ބެޗެލާ އޮފް ބިޒްނަސްގެ ތައުލީމު ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ގެންދަވަނީ އެމްއެމްއޭގެ އިތުރުން ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓު އޮތޯރިޓީ (ސީއެމްޑީއޭ) ގެ ބޯޑު މެމްބަރެއްގެ މަގާމު ވެސް ފުރުއްވަމުންނެވެ.

އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރުގެ މަގާމަށް އާ ބޭފުޅަކު އައްޔަން ކުރަނީ، އެ މަގާމުގައި ކުރިން ހުންނެވި އައިޝަތު ޒާހިރާ ރިޓަޔާ ކުރެއްވުމުންނެވެ. 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top