ލޯނުތައް ދެއްކުމަށް ބީއެމްއެލް އިން އިތުރު ފުރުސަތެއް ދީފި

20200415212236_l.jpg

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެކި ފަރާތަތަކުން ނަގާފައިވާ ލޯނާއި ފައިނޭންސިން އަށް ފައިސާދެއްކުން ފަސްކޮށްދިނުމަށް އެދި ހުށަހަޅާފައިނުވާ މީހުންނަށް މުއްދަތު އިތުރުކޮށްދީ، ލޯނަށް ދައްކަން ޖެހޭ ފައިސާ އަނބުރާ ދެއްކުމަށް އިތުރު ފުރުސަތެއް ދީފިއެވެ.

ކޮވިޑް-19 އާ ގުޅިގެން އާންމުންނަށާއި ވިޔަފާރިތަކަށް ކުރިމަތިވި ދަތިތަކުން އަރައިގަތުމަށް އެހީވުމުގެ ގޮތުން، ލޯނާއި ފައިނޭންސިން އަށް ފައިސާ ދެއްކުން ފަސްކޮށް ދިނުމަށް ނިންމާފައި ވަނީ މިދިޔަ މާޗު މަހު އެވެ.

ލޯނު ފަސްކުރުމަށް ހުޅުވާލި އެ ފުރުސަތުގައި މިދިޔަ ޖުލައި މަހުގެ ނިޔަލަށް ޕާސަނަލް، ހައުސިން އަދި ވިޔަފާރި ލޯނާއި ފައިނޭންސް ހިމެނޭ ގޮތަށް 17،700 ލޯނު ހަ މަސްދުވަހަށް ފަސްކޮށްދިނުމަށް އެދި ހުށަހަޅާފައިވާ ކަމަށެވެ.

މި ގޮތުން ސެޕްޓެމްބަރު މަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށް ފައިސާ ދައްކަން ފަށަންޖެހޭ ކަސްޓަމަރުންނަށް މި ފުރުސަތު ލިބޭނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.

މި ފުރުސަތު ލިބޭނީ މިހާރުވެސް މޮރަޓޯރިއަމް އެދި ހުށަހަޅާފައިވާ ކަސްޓަމަރުންގެ ތެރެއިން މި ދެންނެވި މަސްތަކުގައި ފައިސާދައްކަންޖެހޭ ކަސްޓަމަރުންނަށް ކަމަށް ބޭންކުން ބުންޏެވެ.

ލޯނަށް އަނބުރާ ފައިސާދެއްކުން ފަސްކުރުމަށް އިތުރު ފުރުސަތަކަށް އެދި ހުށަހެޅުމުގެ ޝަރުތު ހަމަވާ ކަސްޓަމަރުންނަށް އަށެއް ސެޕްޓެމްބަރުން ފެށިގެން 30 ނޮވެމްބަރ ގެ ނިޔަލަށް ބޭންކުގެ ޕޯޓަލް މެދުވެރިކޮށް އެދި ހުށަހެޅޭނެ އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top