ސެމީފައިނަލްގެ ފުރަތަމަ މެޗުގައި އޭދަފުށްޓާއި ސ.ފޭދޫ

image-0-02-06-240c227c2c24f165f386bd56f7b424261e7924145116528beb3bcdbf0302fd19-V.jpg

އެސްޓީއޯ މިނިވަން ޗެމްޕިއަން ޝިޕްގައި އޭދަފުށި ތަމްސީލުކުރާ ޓީމް

މިނިވަން ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލް ފުރަތަމަ މެޗުގައި މި މުބާރާތުގެ ގްރޫޕް އެކެއްގެ އެއްވަނަ ޓީމްގެ ގޮތުގައި ހޮވިފައިވާ ސ.ފޭދޫ އާއި ގްރޫޕް 2ން ދެވަނަ އަށް ދިޔަ އޭދަފުށި ވާދަކުރަން ހަމަ ޖެހިއްޖެއެވެ.

އޭދަފުށްޓާއި ފޭދޫ ބައްދަލުކުރާ މެޗު އޮންނާނީ އަންނަ ހޯމަ ދުވަހު ހަވީރު 4:00ގައި ކުޑަހުވަދޫގައެވެ.

ސެމީ ފައިނަލްގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ ގްރޫޕް ދޭކުން އެއްވަނަ އަށް އައި ތިމަރަފުށްޓާއި ގްރޫޕް ދޭކުން ދެވަނަ އަށް އައި ކުޑަހުވަދޫއެވެ. މި މެޗު އޮންނާނީ އަންނަ އަންގާރަ ދުވަހު ތިމަރަފުށީގައެވެ.

ގްރޫޕް އެކެއްގެ އެއްވަނަ ޓީމުގެ ގޮތުގައި ސ.ފޭދޫ ހޮވިފައިވަނީ ކުޅުނު ތިން މެޗް ކާމިޔާބުކޮށް ނުވަ ޕޮއިންޓާއެކު އެވެ. ދެވަނަ  ޓީމަކަށް ކުޑަހުވަދޫ ހޮވިފައިވަނީ ހަ ޕޮއިންޓާއެކުގައެވެ.

ގްރޫޕް ދޭއްގެ އެއްވަނަ ތިމަރަފުށި ހޯދާފައިވަނީ ކުޅުނު ތިން މެޗުން މޮޅުވެ ނުވަ ޕޮއިންޓާއެކުގައެވެ. އަދިި ދެވަނައަށް އޭދަފުށި ހޮވިފައިވަނީ ކުޅުނު ތިން މެޗުގެ ތެރެއިން ދެމެޗުން މޮޅުވެ އެއް މެޗުން ބަލިވުމާ ގުޅިގެން ހަ ޕޮއިންޓާ އެކުގައެވެ.

މުބާރާތުގެ ފައިނަލް މެޗް އޮންނާނީ އަންނަ ބުރާސްފަތި ދުވަހުގެ ރޭ ގައުމީ ފުޓްބޯޅަ ދަނޑުގަ އެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top