ޒޯން3ގެ ފުރަތަމަމެޗްގައި ބައްދަލުކުރާނީ އޭދަފުއްޓާއި ދުވާފަރު

12144698_10206803108550016_515237953591903034_n.jpg

މިނިވަން 50ގެ އޭދަފުށި ޓީމް

މިނިވަން50 ފުޓްބޯޅަ މުބާރާތުގެ ޒޯން 3 ގެ މެޗްތައް އަންނަ ހުކުރު ދުވަހު ފަށާގޮތަށް އެފްއޭއެމުން ނިންމާފައިވާއިރު އެ އެސޯސިއޭޝަނުން މިއަދު ނެރެފައިވާ މުބާރާތުގެ ޝެޑިއުލްގައިވާ ގޮތުން މި މުބާރާތުގެ ފުރަތަމަ މެޗްގައި ބައްދަލުކުރާނީ އޭދަފުށްޓާއި ދުވާފަރެވެ.މި މެޗްއޮންނާނީ ދުވާފަރުގައެވެ.

މުބާރާތުގެ ޝެޑިއުލްގައިވާ ގޮތުން މެޗްތައް އޮންނާނީ މިމަހުގެ 27ން އަންނަ ޑިސެމްބަރ15ވަނަ ދުވާހާ ހަމައަށެވެ.

ހޯމްއެންޑްއަވޭ އުސޫލުން ކުޅޭ މި މުބާރާތުގައި މި ޒޯނުން ވާދަކުރަނީ އޭދަފުއްޓާއި ދުވާފަރުގެ އިތުރުން ހިންނަވަރެވެ.

މުބާރާތުގެެ ފުރަތަމަ މެޗްގައި އޭދަފުށި އަންނަ ހުކުރުދުވަހު ދުވާފަރާ ބައްދަލު ކުރާއިރު ދެވަނަ މެޗްގައި ބައްދަލުކުރާ ހިންނަވަރު މެޗް އޮންނާނީ ޑިސެމްބަރުމަހުގެ ފުރަތަމަދުވަހު ހިންނަވަރުގައެވެ. އަދި ހިންނަވަރާ ބައްދަލުކުރާ ތިންވަނަމެޗް ބޭއްވުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރުމަހު 12 ވަނަ ދުވަހު ހިންނަވަރުގައެވެ.

މުބާރާތުގެ އެންމެ ފަހު މެޗް ޑިސެމްބަރު 15ވަނަ ދުވަހު ދުވާފަރާ ބައްދަލު ކުރާނީ އޭދަފުށީގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top