ސްކޫލްތަކުގެ ދިރާސީއަހަރުގެ ކިޔެވުން މިއަދުނިންމައިފި

DSC_3697.jpg

ރާއްޖޭގެ ސްކޫލްތަކުގެ މިހިނގާދިރާސީ އަހަރުގެ ކިޔެވުންމިައަދު ނިންމާލައިފިއެވެ. މިއަދުގެ ފަހުން ސްކޫލްތައް އަހަރުގެ ބޮޑުޗުއްޓީއަށް ބަންދުވެދެން ކިޔެވުން ފެށޭނީ 50 ދުވަހުގެ ޗުއްޓީއަކަށްފަހު އަންނައަހަރު ޖެނުއަރީމަހުގެ 13 ގައެވެ.

ތައުލީމީ ވުޒާރާއިން ނެރެފައިވާ 2016ވަނަ އަހަރުގެ ދިރާސީ ކަލަންޑަރުގައިވާ ގޮތުން އަންނައަހަރު ފުރަތަމަ ޓާމްގައި ކިޔަވައިދިނުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ 13އިން ޖޫން 9ގެ ނިޔަލަށެވެ. އެއީ 101 ދުވަހުއެވެ.

ދެވަނަ ޓާމްގެ ކިޔެވުން 19 ޖޫންގައި ފަށާއިރު އެޓާމްގައި ކިޔަވައިދނުމަށް ހަމަޖެހިފައިވަނީ 99 ދުވަހުއެވެ. 2016 ވަނައަހަރުގެ ކިޔެވުން ނިމޭނީ ނޮވެމްބަރ 17 ވަނަދުވަހުއެވެ.

މިއަހަރު ސްކޫލްތަކުގައި ކިޔަވައިދީފައިވަނީ 202 ދުވަހުއެވެ. އެއީ ފުރަތަމަ ޓާމުގައި 99 ދުވަހާއި ދެވަނަޓާމުގައި 103 ދުވަހުއެވެ.

2016ވަނަ އަހަރު ކިޔަވައިދިނުމަށް ހަމަޖެހިފައިވަނީ 200ދުވަހުއެވެ. އެއީ މިހިނގާ އަހަރަށްވުރެ ދެދުވަސް މަދު އަދަދެކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top