ކަނޑު ދަތުރުކުރުމުގައި މޫސުމަށް ސަމާލުވުމަށް މެޓްއޮފީހުން ބުނެފި

116925_3_9e9d84126847cc779ffa897f23d4e1a0230fc9fd_medium.jpg

މޫސުން ގޯސް ދުވަހެއްގައި ލޯންޗެއް ދަތުރުކުރަނީ / ފޮޓޯ: މިހާރު ނޫސް

ކުރިއަށް އޮތް 48 ގަޑިއިރު ކަނޑު ދަތުރު ކުރުމުގައި ސަމާލުވުމަށް މޯލްޑިވްސް މީޓިއޮރޮލިޖީ ސެންޓަރު، (މެޓް) އޮފީހުން އެދިއްޖެ އެވެ.

މެޓް އޮފީހުން މިއަދު އާއްމު ކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ ކުރިއަށް އޮތް 48 ގަޑިއިރު، ރާއްޖެ ސަރަހައްދުގައި ވައި ގަދަވުމާއެކު ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ބައެއް ރަށްރަށަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުގެ ބަޔާނުގައި ބުނެފައި ވެއެވެ.

މެޓްއޮފީހުން ބުނީ ވައި ޖެހޭނެ ކަމަށް ލަފާ ކުރެވެނީ އިރު އުތުރާއި، އިރުން މެދުތެރެއާއި އުތުރުގެ އަތޮޅުތަކަށް ގަޑިޔަކު 17 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނެއްގައި ކަމަށާ ދެކުނުގެ އަތޮޅުތަކުގައި ގަޑިއަކު 13 މޭލާއި 23 މޭލާއި ދެމެދުގެ ބާރުމިނެއްގައި ވައި ޖެހޭނެކަމަށެވެ.

ވީމާ ވައިބާރުވެފައި ކަނޑު ގަދަވާނެ ކަމަށް ލަފާ ކުރެވޭތީ އެންމެހާ ފަރާތްތަކުން މިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށާއި ހާއްސަކޮށް ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސްކުރެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top