ޕީޕީއެމް ޓިކެޓްގައި ކައުންސިލްތަކަށް ކުރިމަތިލައްވާ ބޭފުޅުންނަށް ފޯމު ހުށަހެޅުމުގެ ފުރުސަތު އަލުންހުޅުވާލައިފި

14773023719020.jpg

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ޕީޕީއެމް.ގެ ފަރާތުން ކުރިމަތިލައްވަާ ބޭފުޅުންނަށް އެކަމަށްއެދި ފޯމު ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލައިފިއެވެ.

މިކަމާބެހޭގޮތުން މައުލޫމާތު ދިނުމަށް މިއަދު ދަރުބާރުގޭގައި އޮތް ނޫސް ކޮންފަރެންސެއްގައި ، ޕީޕީއެމް ޔާމީން ފެކްޝަނުން ސެކްރެޓަރީ ޖެނެރަލް އަކަށް ހޮވާފައިވާ ނިލަންދޫ ދާއިރާގެ މެންބަރު ޑރ. އަބްދުﷲ ޚަލީލު ވިދާޅުވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ރިޔާސަތު ބެލެހެއްޓެވި ކައުންސިލުން ދޫކުރަމުން ގެންދިޔަ ފޯމާއި އެތަނުން ބަލައިގެންފައިވާ ފޯމްތައް މިހާރު ކޯޓު އަމުރާއެކު ބާތިލުވެފައިވާ ކަމަށެވެ.

އަދި މިހާރު ހުށަހަޅަން ޖެޙެނީ އާ ފޯމެއް ކަމަށާއި ކުރިން ފޯމު ހުށަހެޅި ބޭފުޅުންވެސް އަލުން ފޯމު ހުށަހަޅަން ޖެހޭނެކަމަށް ޚަލީލު ވިދާޅުވިއެވެ.

ޚަލީލު ވިދާޅުވީ އާ ފޯމެއް ހަމަޖައްސަން ޖެހުނީ ކުރިން ފޯމާއެކު ފައިސާ ބަލައިގަންނަމުން ދިއުމުން ކަމަށާއި އަތޮޅުތަކުގައި ތިއްބެވި ފަރާތްތަކަށްވެސް އިންޓަރނެޓް މެދުވެރިކޮށް ފޯމް ޑައުންލޯޑްކޮށް ފޯމް ހުށައެޅޭނެ އިންތިޒާމް ހަމަޖައްސަވާދެއްވާނެކަމުގައެވެ. އަދި ވިދާޅުވީ  މިއަދުން ފެށިގެން ނޮވެމްބަރު މަހުގެ 6 ވަނަ ދުވަހާ ހަމައަށް ދަރުބާރުގޭގައި ހުރި ޕީ.ޕީ.އެމްގެ އޮފީހުން ފޯމް ދޫކުރުމާއި ބަލައިގަތުން ކޮންމެ ދުވަހަކުވެސް ކުރިއަށްދާނެ ކަމަށެވެ.

ޚަލީލު އިތުރަށް ވިދާޅުވީ، ކޯޓުގެ ހުކުމާއި ގުޅިގެން އިލެކްޝަންސް ކޮމިޝަނުންވެސް ބަލައިގަންނާނީ ޕީޕީއެމުން އަލަށް އެކުލަވާލި ފޯމް އެކަނި ކަމަށެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top