ކިހާދުމޯލްޑިވްސް ރިސޯޓުގައި ސްނޯކްލިންއަށް ގޮސްއުޅުނު ފަތުރުވެރިއަކު މަރުވެއްޖެ

water-villa-exterior-view-area-kihaad-resort-hotel-maldives-luxury-5-star-all-inclusive-kihaadhuffaru-island-baa-atoll.jpg

ކިހާދުމޯލްޑިވްސް ރިސޯޓް

ކިހާދުމޯލްޑިވްސް ރިސޯޓުގައި ސްނޯކްލިންގއަށް ގޮސްއުޅުނު ފަތުރުވެރިއަކު މަރުވެއްޖެއެވެ.

އިއްޔެ ހަވީރު ހިނގި މި ހަދިސާއާ ބެހޭގޮތުން ފުލުހުން ހަމައެކަނި ބުނެފައިވަނީ ހާދިސާ ހިނގިކަމުގެ މައުލޫމާތު ލިބިފައިވަނީ ހަވީރު 4 ޖަހާކަށް ހާއިރުކަމަށެވެ.

އީވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާދިސާ ގައި މަރުވެފައިވަނީ އުމުރުން 25 އަހަރުގެ ޗައިނާ ފިރިހެނެކެވެ. އޭނާ އަށް އެރިސޯޓުގައި ގަޑިއެއްހާ އިރު ފަރުވާދިނުމަށްފަހު ބ. އަތޮޅު ހޮސްޕިޓަލަށް ގެނައި އިރުވެސް އޮތީ މަރުވެފައެވެ.

މަރުވި ފަތުރުވެރިޔާގެ ހަށިގަނޑު މިހާރުވަނީ އެރިސޯޓަށް ގެންގޮސްފައެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top