ޕްލާސްޓިކް ކޮތަޅުން ފީނަގައިގެން ފުރަތަމަ މަހު ދައުލަތަށް 1.7 މިލިޔަން ރުފިޔާ

891-1.jpg

ފިހާރަތަކުން ގަންނަ މުދާ ލާފައި ދޭ ޕްލާސްޓިކް ކޮތަޅުން ފީނަގައިގެން ފުރަތަމަ މަހު ދައުލަތުގެ އާމްދަނީ އަށް 1.7 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

ކުނި މެނޭޖުކުރުމުގެ ގާނޫނަށް ގެނައި އިސްލާހުގައިވާ ގޮތުން ވިޔަފާރިތަކުން ކަސްޓަމަރުންނަށް ވިއްކާ ނުވަތަ ފޯރުކޮށްދޭ ކޮންމެ ޕްލާސްޓިކް ކޮތަޅަކަށް، ލެވީގެ ގޮތުގައި ކަސްޓަމަރުގެ އަތުން ދެ ރުފިޔާގެ ފީ އެއް ނަގަން ޖެހެއެވެ. އެކަން ފެށީ މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހު އެވެ.

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އާއްމުކޮށްފައިވާ އެންމެ ފަހުގެ “މަންތުލީ ރެވެނިއު ކަލެކްޝަން” ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ މަހުގެ ނިޔަލަށް ޕްލާސްޓިކް ކޮތަޅު ފީގެ ގޮތުގައި 1.7 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

މީރާގެ ތަފާސް ހިސާބުތައް ދައްކާގޮތުން މެއި މަހުގެ ޖުމުލަ އާމްދަނީއަށް 1.71 ބިލިއަން ރުފިޔާ ލިބުނުއިރު ޑޮލަރުން ލިބުނު އާމްދަނީ 72.78 މިލިއަން ޑޮލަރަށް އަރައެވެ. އެއީ މިދިޔަ އަހަރުގެ މެއި މަހާ އަޅައިބަލާއިރު 30 ޕަސެންޓު އިތުރު އަދަދެކެވެ. މިދިޔަ މަހު ލިބޭނެ ކަމަށް އަންދާޒާކުރި އާމްދަނީއަށްވުރެ 1.8 ޕަސެންޓް އިތުރު އަދަދެކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top