ހުއްދަ ނަގައިގެން ފަޅުގައި ދާއަޅައިގެން މަސްވެރިކަން ކުރެވޭ ގޮތް ވެއްޖެ

DSCN0043.jpg

ރަށު ކައުންސިލުގެ ހުއްދަ ލިބިގެން ރަށުގެ ފަޅުތެރޭގައި ދާ އަޅައިގެން މަސްވެރިކަން ކުރެވޭ ގޮތަށް ރާއްޖޭގެ މަސްވެރިކަމުގެ އާންމު ގަވާއިދު އިސްލާހުކޮށްފި އެވެ.

ފިޝަރީޒް މިނިސްޓްރީން ގެނައި އިސްލާހުތަކަށް އިއްޔެއިން ފެށީގެން އަމަލުކުރަން ފަށާފައިވާ އިރު ކައުންސިލްގެ ހުއްދަ ހޯދައިގެން ރަށުގެ ފަޅުގެ ސަރަހައްދުގައި ރައްޔިތުންގެ ބައިވެރިވުން ހިމެނޭ ގޮތަށް ރަށު ފެންވަރުގައި ސަގާފީ ގޮތުން ކުރާ މަސްވެރިކަމުގައި ދާ ބޭނުންކޮށްގެން މަސްވެރިކަން ކުރެވޭނެއެވެ.

ކައުންސިލްގެ ހުއްދަ ލިބިގެން ރަށުގެ ފަޅުގައި ދާ އެޅި ނަމަވެސް އެކަން ކުރެވޭނީ ރާއްޖޭގެ މަސްވެރިކަމުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތަކާ އެއްގޮތަށެވެ.

އެ ހުއްދައިގެން ދަށުން ރަށްރަށުގެ ފަޅުގެ ސަރަހައްދުން ބޭރުގައި ދާ އަޅައިގެން މަސްވެރިކަން ކުރުން ވަނީ މަނާކޮށްފަ އެވެ.

ގަވާއިދަށް ގެނައި އިސްލާހާއެކު ރޮދުލުމާއި މަސްވެރިކަމުގައި ކަނޑުމަހުގެ ބާވަތެއް ނުވަތަ ހިބަރުގެ ބާވަތެއް ހޯދުމަށް ނުވަތަ ހިފުމަށް ޑްރޯން ނުވަތަ ވައިގެ އުޅަނދެއް ބޭނުންކުރުމަކީ މަނާ ކަމެކެވެ.

ވައިފުޅި އަޅައިގެން ފީނައިގެން މަސްވެރިކަން ކުރެވޭނީ ގައުމީ ގޮތުންނާއި ބައިނަލްއަގުވާމީ ގޮތުން ގަބޫލުކުރާ ފީނުމުގެ ތަމްރީނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިގެން ކަމަށް ވަނީ ކަނޑައަޅާފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top