ތުޅާދޫގައި ހައުސިންގ ޔުނިޓްތަކެއް އެޅުމަށް ނިންމައިފި

large_1562740248496TAC.png

ހައުސިން ޔުނިޓް އެޅުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށްފަހު--

ބ.ތުޅާދޫގައި ސަރުކާރުން 100 ހައުސިންގ ޔުނިޓް އެޅުމަށް ނިންމައި އެކަމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

ހައުސިން މިނިސްޓްރީގައި މިއަދު ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ތުޅާދޫގައި ހައުސިން ޔުނިޓްތައް  އެޅުމަށް ހަވާލުކޮށްފައިވަނީ ޕްރިސިޝަން އިންޖީނިއަރިން ސާވިސަސް އާއި ފްލްކްސްއިންކް ޕްރައިވެޓް ލިމިޑެޓްގެ ޖޮއިންޓް ވެންޗާ ކުންފުންޏާއެވެ.

އެ އެއްބަސްވުމުގައި ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ނަޝީދެވެ. ޖޮއިންޓް ވެންޗަރ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ޕީ ޑަބްލިއު ތިލަކަރައްތްނައެވެ.

ތުޅާދޫގައި ޔުނިޓްތައް އިމާރާތްކުރުމަށް ހަމަޖެހިފައިވަނި 1100 އަކަފޫޓުގެ އޭރިއާއެއްގެ ތެރޭގައި ތިން ކޮޓަރި އާއި ތިން ފާހާނާ އާއެކު ސިޓިންރޫމާއި ބަދިގެ އަދި ސްޓޯރޫމްގެ އިތުރުން ލޯންޑްރީވެސް ހިމެނޭ ގޮތަށެވެ. އެ ޔުނިޓްތައް އަޅާނީ ރޯ ހައުސްގެ ގޮތުގައެވެ.

ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ހަވާލުކުރެވިފައިވަނީ 79.6 މިލިއަން ރުފިޔާއަށް އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

މި ހައުސިން ޔުނިޓްތައް  އެޅުމަށް ހަމަޖެހިފައިވަނީ ތުޅާދޫ ހިއްކި ސަރަހައްދުގައި ކަމަށް އެ މިނިސްޓްރީއިން ބުނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top