ބާޣީ : ހީކުރިވަރަށް ވުރެ މާ މޮޅު ފިލްމެއްް

baaghi-on-the-6th-position-of-highest-grosser-of-2016.jpg

90ގެ އަހަރުތަކުގައި ބޮލީވުޑްގެ ފިލްމްތަކުގައި ރަސްކަންކުރި ޖެކީޝްރޮފްގެ ޓައިގަރ ޝްރޮފް އާއި ނުބައިބައި ކުޅުމާއި ކޮމެޑީގެ ރޯލްތަކުން މަޝްހޫރުކަން ހޯދާފައިވާ ޝަކްތީ ކަޕޫރުގެ ދަރިފުޅު ޝްރައްދާ ކަޕޫރުގެ ފިލްމް “ބާޣީ”އަކީ ހީކުރިވަރަށް ވުރެ މާ މޮޅު ފިލްމެއްކަމުގައި އިންޑިއާގެ ނޫސްތަކުން ބުނެފިއެވެ.

ފިލްމު އެޅުވިތާ އެންމެ ހަތަރުދުވަހުގެ ތެރޭގައި 45.3 ކުރޯޑު ރުޕީސް ހޯދައިގެން މި ފިލްމަށް ވަނީ އަހަރުދުވަހުގެ ތެރޭގައި އެންމެ ގިނަ އާމްދަނީ ހޯދި 6ވަނަ ފިލްމުގެ މަގާމު ލިބިފައެވެ. މި ފިލްމްގެ ކުރިން ސިނަމާ ތަކުގައި އެންމެ ރަނގަޅަށް ވިޔަފާރިކޮށްފައިވާ ސަނީ ޑިއޯލްގެ” ގާޔަލް ވަންސް އެގެއިން “އަށް  ލިބިފައިވަނީ  40 ކުރޯޑެވެ. ފަރްޚާން އަޚްތަރާއި އަމީތާބް ބައްޗަންގެ “ވަޒީރު” އަށް ލިބިފައިވަނީ  42 ކުރޯޑެވެ.

ހަތަރު ދުވަހުގެ ތެރޭގައި މިހާ ބޮޑު އާމްދަނީއެއް މި ފިލްމަށް ލިބިފައިވާ އިރު ފިލްމު ބެލި މީހުންގެ ރިވިއުތަކަށާއި ދިރާސާ ތަކަށް ބަލާއިރު ކުރިއަށް އޮތްތަނުގައި މި ފިލްމް އާ ރެކޯޑްތަކެއް ހޯދާނެކަމަށް ވެއެވެ. މި އަހަރުގެ ތެރޭގައި އެންމެ ރަނގަޅަށް ހިނގާފައިވާ ފިލްމް “ކީއެން ކާ” (52ކުރޯޑު )އާއި “ކަޕޫރު އެންޑްސަންސް” (73ކުރޯޑު ) އާއި “ނީރްޖާ” ގެ ރެކޯޑް އަންނަ ހަފްތާގައި ހޯދާނެކަމަށް ވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top