އުތުރުގެ އަތޮޅުތަކަށާއި މެދުއަތޮޅުތަކަށް ވައިޓްއެލާޓް ނެރެފި

DSC_9500.jpg

ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށް އުތުރުގެ އަތޮޅުތެރެއަށާއި މެދުއަތޮޅުތަކަށް މޫސުމާބެހޭ ގައުމީ އިދާރާއިން ވައިޓް އެލާޓް ނެރެފިއެވެ.

އެއިދާރާއިން ވައިޓް އެލާޓް ނެރެފައިވަނީ މިއަދު ހެނދުނުއެވެ. އެލާޓްގައި ބުނެފައިވަނީ މިއަދު ހެނދުނު 9:30އިން ފެށިގެން މެންދުރުފަހުގެ 3:30 އާ ދެމެދުގެ ވަގުތުތަކުގައި އުތުރުގެ އަތޮޅުތަކުގައާއި މެދު އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމުގައެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން  ވައިޓް އެލާޓް ނެރެނީ މޫސުމާބެހޭ ގޮތުން ސަމާލު ވުމަށާއި ކޮންމެވެސް ވަރަކަށް ވައި ގަދަވުމާއެކު ވާރޭވެހި އާއްމުގޮތެއްގައި ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށްފައެވެ.

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްގެ ފަރާތުން  ކުރިއަށް އޮތް 24 ގަޑިއިރަށް މޫސުން ލަފާކޮށްފައިވާ ގޮތަށް ބަލާއިރު މެދުތެރެއަށާއި އުތުރުގެ އެކި ހިސާބަށް ވިއްސާރަ ކުރާނެކަމަށް ބުނެފައިވެއެވެ. މީގެ ތެރެއިން ބައެއްރަށްރަށަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހުން އެކަށީގެންވާކަމަށާއި ދެކުނުގެ ބައެއް ހިސާބުތަކަށް މެންދުރު ފަހުން ގުގުރުމާއެކު ކެރީގެ އަސަރު ފޯރާނެއެވެ.

އިރުދެކުނާއި ދެކުނުން ގަޑިއަކު 5މޭލާ 15 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނަކަމަށާއި ކެރިގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35މޭލަށް ވައިގަދަވާނެކަމުގައި ލަފާކޮށްފައިވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top