މޫސުމަށް ސަމާލުކަން ދިނުން އެދި މެޓް އޮފީހުގެ އިލްތިމާސް

IMG_20200724_134047986.jpg

މޫސުން ގޯސް ދުވަހެއް

ރާއްޖެއަށް މިހާރުކުރަމުން މިދާ ވިއްސާރައިގާ ކުރިއަށް އޮތް ވަގުތު ތަކުގައި ބޯކޮށް ވާރޭ ވެހި ވައިބާރުވާނެ ކަމަށް ލަފާކުރެވޭތީ ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅާ ހަމައަށް މޫސުމާބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ވައިޓް އެލާޓް ނެރެފިއެެވެ.

މި ސަރަހައްދަށް ވައިޓް އެލާޓް ނެރެފައިވަނީ މިރޭގެ 9:00 އިން ފެށިގެން 3:00 އާ ހަމައަށެވެ.

މެޓް އޮފީހުން ބުނީ މި ސަރަޙައްދުތަކުގައި ހިމެނޭ ރަށްތަކަށް ބޯކޮށް ވާރޭވެހި، ގަޑިއަކު 19 މޭލާއި 24 މޭލޭ ދެމެދުގެ ބާރު މިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށެވެ. ހަމައެއާއެކު ރާއްޖޭގެ ކަނޑުތައް ވެސް ގަދަވާނެ ކަމަށް މެޓް އޮފީހުން ލަފާ ކުރެއެވެ.

މި ސަރަަޙައްދަށް މިއަދު ހަވީރު 5:30 އިން މިރޭ 9:00އާ ހަމައަށްވެސް ވަނީ ވައިޓް އެލާޓް ނެރެފަ އެވެ.

މިދުވަސްވަރު ރާއްޖޭގެ އެކި ކަންކޮޅުތަކަށް މޫސުން ގޯސްވުމާ ގުޅިގެން ކަނޑުދަތުރު ކުރުމުގައާއި ބޭރުގައި އުޅޭއިރު މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސް ކުރެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top