ސްކޫލްތަކުގެ މުވައްޒަފުން ވެކްސިން ފުރިހަމަ ކުރުމަށް އަންގަވައިފި

293880_3_5e207ae38b72f8b599c5b847b9aba0ad368fa4cb_large.jpg

ރާއްޖޭގައި ކޮވިޑް-19 ވެކްސިން ދިނުމުގެ ޕްރޮގްރާމްގައި ނަރުހަކު ވެކްސިން ދިނުމަށް ތައްޔާރުވަނީ.-- ފޮޓޯ: ރައީސް އޮފީސް

ދިރާސީ އާ އަހަރު ފެށުމުގެ ކުރިން ރާއްޖޭގެ ސްކޫލްތަކުގައި މަސައްކަތް ކުރައްވާ ޓީޗަރުންނާއި މުވައްްޒަފުން ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން އަންގަވައިފި އެވެ.

އެ މިނިސްޓްރީން ސްކޫލްތަކަށް ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ، ސްކޫލްތަކުގައި ކިޔަވައި ދިނުން އައްމު ހާލަތުގައި ކުރިއަށް ގެންދިއުމުގެ ގޮތުން ސްކޫލްތަކުގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުންވެސް ވެކްސިންގެ ޑޯޒްތައް ފުރިހަމަ ކުރުމަށް ވީހާވެސް ބާރު އަޅާ ކަމަށެވެ.

އެގޮތުން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައި ނުވާ ފަރާތްތަކާއި، ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައި ދެވަނަ ޑޯޒް ނުޖަހާ ތިބި ފަރާތްތަކަށް ފަސޭހައިން ވެކްސިން ޖެހޭނެ އިންތިޒާމްތައް މާލެ އާއި އަތޮޅު ތެރޭގައިވެސް ހަމަޖެއްސުމަށް އެޗްޕީއޭއާއެކު މަޝްވަރާކޮށްފައިވާ ކަމަށް އެ މިނިސްޓްރީން ވިދާޅުވިއެވެ.

އަދި އޭގެ އިތުރުން، ވެކްސިން ނުޖެހޭ މުވައްޒަފުން އެޗްޕީއޭގެ ލިޔުމާއެކު އެކަން އެޑިއުކޭޝަނަށް ހުށައެޅުމަށް އަންގާފައިވެއެވެ.

ދިރާސީ އާ އަހަރު ފެށޭނީ އަންނަ އޮގަސްޓު މަހުގެ 10ވަނަ ދުވަހު އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top