ދޮންބިލެތެކޭ ތަމަޅަ ޓައިގަރެކޭ ތަފާތެއް ނެތް: ކެޕްޓަން އިހްސާން

4ArtPBCj4sdyoyFh61fBY8K4ajWXIaI9QWgO7r6N.jpeg

ކެޕްޓަން އިހްސާން

ނޮވެމްބަރު 3ގެ އުދުވާނީ ހަމަލަ ރާވައި މި ގައުމު ހިފަން އައި މީހުންނާއި މަޖިލީހުގައި މިއަދު ތިއްބެވި ބައެއް މެމްބަރުންނާ މާބޮޑު ތަފާތެއް ނެތްކަމަށް ވިދާޅުވެ، އެމްއެންޑީއެފްގެ ކުރީގެ ކެޕްޓަން އަލީ އިހުސާން ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

މިމޭރުމުން އިހުސާން ވާހަކަ ދައްކާފައި މިވަނީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނޮވެމްބަރު 3ގެ އުދުވާނީ ހަމަލާއާއި ގުޅޭގޮތުން ބިލތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމު ދެއްކި ވާހަކަތަކާ ގުޅިގެންނެވެ. އެގޮތުން މަޖިލީހުގައި ވާހަކަދައްކަވަމުން ދޮންބިލެތް އަހުމަދު ހަލީމް ވިދާޅުވީ ނޮވެމްބަރު 3 ގައި ތަމަޅައިން އެރުމުން ސިފައިންގެ އިސްވެރިން ދުވީ ފިލަންކަމަށާ ރާއްޖެ ސަލާމަތް ކޮށްދިނީ އިންޑިއާއިން ކަމަށެވެ.

“ސިފައިންގެ ތެރޭގައި އެންމެ ގިނައިން ފައިސާ ނަގައިގެން ޖެނެރަލުންނަށްވެފައި ތިބި މީހުން ތިބި ސައިފަތް ފޮށިގަނޑު ތެރެއަށް އެރި. ދޮންނަ މެޝިނުގެ ފޮށިގަނޑު ތެރެއަށް އެރި ތިބި މީހުންވެސް. އޭރު ތިންފަށް ޖަހާފައި ތިބި މީހުން ފަށް ވެސް ނައްޓާލައިގެން ތިބި، އެއީ ފަހަރެއްގައިވެސް ފެނިއްޖެއްޔާ އޭނާ ބޮޑު މީހެއް ކަމަށްވީމާ އަނިޔާކޮށްފާނެތީ. އެވަރުގެ ސިފައިންވެސް ތިބި އިނގޭތޯ.” ދިވެހީންގެ ބަޔަކު ކުލީ ސިފައިން ގޮވައިގެން ރާއްޖެ އަރައި 19 ދިވެހިން ޝަހީދުކޮށްލި އުދުވާނުގައި ސިފައިންކަން ކުރި ގޮތް ކަމަށް ބުނެ ވާހަކަ ދައްކަވަމުން އެމްޑީޕީގެ މެންބަރު ދޮންބިލެއް ހަލީމް ވިދާޅުވިއެވެ.

ގައުމުގެ ދިފާއުގައި ޖިހާދުކުރެއްވި ސިފައިންނާ ގުޅޭގޮތުން ދޮންބިލެތް ދެއްކެވި ވާހަކައާއި ގުޅިގެން ގިނަ ބަޔަކު ދަނީ އޭނާއަށް ފާޑުކިޔަމުންނެވެ.

އަހުމަދު ހަލީމުގެ މި ވާހަކަތަކާ ގުޅިގެން އެމްއެންޑީއެފްގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރެއްވި، ކެޕްޓަން އަލީ އިހުސާން ވަނީ، ނޮވެމްބަރު 3ގައި ގައުމު ހިފަން އައި މީހުންނެކޭ މިފަދަ މީހުންނެކޭ އެއްވެސް ތަފާތެއް އޮތްތޯ ވިދާޅުވެ ސުވާލު އުފައްދާފައެވެ.

އިހުސާން ވިދާޅުވީ ސިފައިން އެދުވަހު ފިލިނަމަ މިނިވަންކަމާއެކު ވާހަކަދައްކަން ހުރުމުގެ ފުރުސަތުވެސް ދޮންބިލެތަކަށް ނުލިބޭނެކަމަށެވެ. އަދި ވިދާޅުވީ ނޮވެމްބަރު 3ގައި ދިވެހި ފަސްގަނޑަށްޓަކައި ފުރާނަ ދޫކޮށްލި ދިވެހިންގެ ހައްގުގައި އަދި ދިވެހި ސިފައިންގެ ހައްގުގައި އެ ހާދިސާ ހިނގައިދިޔަ ގޮތް ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ މަޖިލީހަށް ސާފުކޮށްދެއްވަން ޖެހޭކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top