އަތޮޅުތެރޭގެ ޕްރީސްކޫލްތައް ހުޅުވުމުގެ ހުއްދަދީފި

DSCN3447-Copy-2.jpg

ބަހިއްޔާ ޕްރީސްކޫލް- ފޮޓޯ : އީވީ

އަތޮޅުތެރޭގެ ސްކޫލްތަކުގެ ފައުންޑޭޝަން ސްޓޭޖާއި ޕްރީ ސްކޫލްތަކަށް ކުދިން ގެންގޮސްގެން އުމުރާގުޅޭ ހަރަކާތްތައް ހިންގުމަށް އެޑިއުކޭޝަން މިނިސްޓްރީން ހުއްދަ ދީފިއެވެ.

އެމިނިސްޓްރީން ހާމަކުރި ގޮތުގައި، ކޮވިޑް-19ގެ މިހާރުގެ ހާލަތަށް ރިއާޔަތްކޮށް، އެޗް.ޕީ.އޭގެ ލަފާގެ މަތިން, މިހިނގާ ނޮވެމްބަރު މަހުގެ 15 އިން ފެށިގެން އަތޮޅުތެރޭގެ ސްކޫލްތަކުގެ ފައުންޑޭޝަން ސްޓޭޖާއި ޕްރީ ސްކޫލްތަކަށް ކުދިން ގެންގޮސްގެން އުމުރާ ގުޅޭ ހަރަކާތްތައް ހިންގުމަށްވަނީ ނިންމާފަ އެވެ.

އެ ގޮތަށް ނިންމީ ‏ކޮވިޑުގެ މިހާރުގެ ހާލަތަށް ބަލައި އެޗްޕީއޭގެ ލަފާގެ މަތިން ކަމަށް ވެސް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

ކޮވިޑާއި ގުޅިގެން ސްކޫލްތައް ގިނަ ދުވަސްތަކެއް ވަންދެން ބަންދުކުރުމަށްފަހު އަލުން ހުޅުވީ މިދިޔަ ޖުލައި މަހުގެ އެއްވަނަ ދުވަހުއެވެ. ނަމަވެސް މާލެ ސަރަހައްދުގައި ކޮވިޑް ހަލުވިކަމާއެކު ފެތުރެމުން އަންނާތީ ސްކޫލްތައް ވަނީ މިދިޔަ އޮގަސްޓު މަހުގެ ކުރީކޮޅު އަނެއްކާވެސް ބަންދުކޮށްފައެވެ.

ރާއްޖެއިން ކޮވިޑުގެ ޕޮޒިޓިވް ކޭސްތައް ފެންނަމުންދާ މިންވަރު މިހާރު ވަނީ މަދުވެފައެވެ. ދުވާލެއްގެ މައްޗަށް އާއްމުގޮތެއްގައި މިހާރު ޕޮޒިޓިވްވަނީ 30-50 އާއި ދެމެދުގެ އަދަދަކަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top