މަސްދޯނިފަހަރު ބަނދެ މަސްވެރިންނަށް ދޫކުރަނީ

DYphUO8VAAA-hqu.jpg

މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމުގެ ގޮތުން ސަރުކާރުން ޒަމާނީ މަސް ދޯނިފަހަރު ބަނދެ މަސްވެރިންނަށް ދޫކުރަން ނިންމާފައިވާކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ފައްޔާޒު ވިދާޅުވީ މަސްވެރިކަން ޕްރޮމޯޓްކޮށް، ރާއްޖޭގެ މަސްވެރިކަން ފުޅާ ކުރަން ހާއްސަ އަހައްމިއްޔަތެއް އަންނަ އަހަރު ދޭނެ ކަމުގައެވެ. އެގޮތުން މަސްވެރި ކަމަށް އާ ޑިޒައިނެއްގެ ދޯނި ފަހަރު ނެރުން ވެސް އޭގެ ތެރޭގައި ހިމެނޭ ކަމަށް ވިދާޅުވިއެވެ.

“ވަރަށް އަވަހަށް ހުޅުވާލާނަން މަސްވެރިކަމުގެ އާ ދޯންޏެއް ޑިޒައިން ކުރަން، އެސްއެމްއީ ބޭންކް މެދުވެރިކޮށް. އާކިޓެކްޓުންނާއި ކޮންސެލްޓެންސީ އަށް. މި ޑިޒައިންގެ ދޯނި ފަހަރުގައި ހިމެނޭނެ މަސް ފިނި ކުރާ ނިޒާމާއި މި ޒަމާނުގެ ވަސީލަތްތައް. އެ އަށްފަހު، އެ ދޯނި މަސްވެރިންނަށް ލިބޭނެ ގޮތަށް ފޯރުކޮށްދޭނަން،” ފައްޔާޒު ވިދާޅުވި އެވެ.

ކުރީގެ ސަރުކާރުތަކުން ވެސް މަސްވެރިކަމަށް މަސް ދޯނި ފަހަރު ބަނދެ ދޫކުރި އެވެ. މި ދޯނި ފަހަރުގެ ސަަބަބުން ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ކުރިއަރައިގެން ދިޔަކަންވެސް ފާހަގަ ކުރެވެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top