ޓެކްނިކަލް މަސައްކަތެއް ކުރުމަށް މާދަމާ އޭދަފުށިން ކަރަންޓް ކަނޑާލަނީ

ff.jpeg

އޭދަފުށި އިންޖީނުގޭގެ ފެނަލް ބޯޑުގެ މަސައްކަތެއް ކުރިޔަށްދަނީ. ޓެކްނިކަލް މަސައްކަތެއް ކުރުަމަށްޓަކައި މާދަމާ އޭދަފުށިން ކަރަންޓް ކަނޑާނެކަމަށް އޭދަފުށި އިންޖީނުގެއިން ބުނޭ / ފޮޓޯ: އޭދަފުށި އިންޖީނުގެ

ޓެކްނިކަލް ބޮޑު މަސައްކަތެއް ކުރުމަށްޓަކައި ބ. އޭދަފުށީގެ އެކި ސަރަހައްދުތަކުން މާދަމާ ހެނދުނުން ފެށިގެން ކަރަންޓް ކެނޑޭނެކަމަށް ފެނަކަ ބ. ރީޖަނަލް އޮފީހުން ބުނެފިއެވެ.

ރީޖަނަލް އޮފީހުން ބުނީ ކަރަންޓް ކަނޑަންފާށާނީ ހެނދުނު 6 ން ފެށިގެން މެންދުރު ފަހު 12 ޖެހުމާ ހަމައަށްކަމަށާ، އެކިވަގުތުތަކުގައި ކަރަންޓް ކަނޑާނީ ރަށުގެ އެކި ސަރަހައްދުތަކުން ކަމަށެވެ. ރީޖަނަލް މެނޭޖަރ އަލީ ޝަފީޤް ވިދާޅުވީ ކަރަންޓް ކަނޑަން ޖެހެނީ އަންނަ ރަމަޟާން މަހަށް ކޮންމެހެން ކުރަންޖެހިފައިވާ މަސައްކަތްތަކެއް ކުރުމަށްކަމަށާ، މަސައްކަތް ނިމުނުހާ އަވަހަކަށް ކަރަންޓް ދޭނެކަމަށެވެ.

“ހަގަޑިއިރަކަށް ކަރަންޓެއް ނުކެނޑޭނެ އެއްވެސް ސަރަހައްދަކުން. ހަގަޑިއިރުގެ ތެރޭގައި އެއްސަރަހައްދަކުން ކެނޑުނަސް ކެނޑޭނީ ބައިގަޑިއިރަށް ނުވަތަ ގަޑިއިރަކަށް، މިމަސައްކަތްތައް ރަމަޟާންމަހުގެ ކުރިން ނުކޮށްފިނަމަ އިތުރު މައްސަލަތަކާ ކުރިމަތިވުމުގެ ފުރުސަތު ބޮޑުކަމުން މިކަން ކޮންމެހެން މިކުރަނީވެސް.” އަލީ ޝަފީޤް ވިދާޅުވިއެވެ.

އޭދަފުށީގެ ކަރަންޓްގެ ހާލަތު ދަށްވެ، އިންޖީނުތަކަށް މައްސަލަ ދިމާވާތީ، އެއިންޖީނުގެއިން ދަނީ އޭދަފުއްޓަށް އިތުރު އިންޖީނެއް ގެނައުމުގެ މަސައްކަތްވެސް ކުރަމުންނެވެ. އަލީ ޝަފީޤް ވިދާޅުވީ އޭދަފުއްޓަށް ގެންނަ އިންޖީނު ރޯދައިގެ ފަހުން ގެނެވޭވަރުވާނޭކަމަށާ، ބޮޑުއީދަށް އިންސްޓޯލްކޮށް ހިދްމަތްދެވޭވަރުވާނޭކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top