އެހެން މީހުންގެ އެސައިންމަންޓް ހަދައިދޭނަމަ ދިހަހާސް ރުފިޔާއިން ޖުރުމަނާ

b_FGZWe5HZpIECBP395pHXRgg3Z.jpg

ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން --- ވަން ފޮޓޯ: މުހައްމަދު އައުޒަމް

މަތީ ތައުލީމު ދޭ މަރުކަޒެއްގައި ތައުލީމު ހާސިލުކުރަމުންދާ ދަރިވަރަކު އަމިއްލައަށް ފުރިހަމަކުރަންޖެހޭ އެކަޑެމިކް މަސައްކަތެއް އެހެން މީހަކު ލައްވާ އަގުދީގެން ނުވަތަ އެނޫންވެސް ގޮތަކަށް ކުރުވުމަކީ މަނާކަމެއް ކަމަށާއި އެފަދަ ކަމެއް ކުރަން ހުށަހަޅާ ފަރާތް 5000 ރުފިޔާއިން ޖޫރިމަނާކޮށް، އެ މަސައްކަތް ކޮށްދޭ މީހާ 10,000 ރުފިޔާއިން ޖޫރިމަނާކުރާ ގޮތަށް މިނިސްޓްރީ އޮފް ހަޔާ އެޑިޔުކޭޝަނުން ކަނޑައަޅައިފިއެވެ.

މިނިސްޓްރީން މިއަދު ނެރުނު މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒުތަކާ ބެހޭގޮތުން ހުށަހަޅާ ޝަކުވާތައް ބެލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގައި ބުނާގޮތުން މި ގަވާއިދު ތަކުގެ މަގުސަދަކީ، މަތީ ތައުލީމާއި ތަމްރީނުގެ ދާއިރާގައި ކުރާ ގާނޫނާއި ގަވާއިދާ ޚިލާފު ކަންކަން، މިނިވަންކަމާއި، މުސްތަގިއްލުކަމާއި، އިންސާފުވެރިކަމާއެކު ބަލައި، އެ ފަރާތްތަކާމެދު އިސްލާހީ  ފިޔަވަޅު އަޅައި ، އެފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމެވެ. ހަމައެހެންމެ، ދިވެހިރާއްޖޭގައި މަތީ ތަޢުލީމާއި ތަމްރީނު ފޯރުކޮށްދޭ މަރުކަޒުތަކަކީ ހުރިހާ ގޮތަކުން ވެސް އާންމުންގެ އިތުބާރު ލިބިފައިވާ ތަންތަން ކަމުގައި ހެދުން ކަމަށްވެސް އެގަވާއިދުގައި ބުނެފައިވެއެވެ.

މި ގަވާއިދުގެ “ދަރިވަރުގެ މަސައްކަތް އެހެން ފަރާތެއް މެދުވެރިކޮށް ކުރުވުމާއި، ދަރިވަރުންނަށް މަސައްކަތް ކޮށްދިނުމާއި، ދަރިވަރުންނަށް މަސައްކަތްކޮށްދިނުމަށް ހުށަހެޅުން” މާއްދާގައިވާ ގޮތުން، މަތީ ތައުލީމު ފޯރުކޮށްދޭ މަރުކަޒެއްގައި ތައުލީމު ހާސިލުކުރަމުންދާ ދަރިވަރަކު އަމިއްލައަށް ފުރިހަމަކުރަންޖެހޭ އެކަޑެމިކް މަސައްކަތެއް، އަގަށް ނުވަތަ އެނޫންވެސް ގޮތަކަށް އެހެން ފަރާތަކުން ކޮށްދިނުމާއި، ކޮށްދިނުމަށް ހުށަހެޅުމަކީ މަނާކަމެއް ކަމަށާއި، އެފަދަ އަމަލެއް ކޮށްފިނަމަ، އެ މަސައްކަތް ކުރަން ހުށަހަޅާ ދަރިވަރު 5000 ރުފިޔާއި ޖޫރިމަނާ ކޮށް، އެކަން ކޮށްދޭ ފަރާތް 10,000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެކަމަށް ވެސް ހަޔާ އެޑިޔުކޭޝަންގެ މި ގަވާއިދުގައި ކަނޑައަޅާފައި ވެއެވެ.

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާ ތާރީހުން ފެށިގެންކަމަށް ވާތީ މިއަދުން ފެށިގެން މި ގަވައިދަށް އަމަލުކުރަން ފަށާނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top