އެއްރަށުން އަނެއް ރަށަށް މުދާ އުފުލާ ފެރީތަކެއް ބާއްވަނީ

Ferry-702x336.jpg

ބ. އަތޮޅު ރަށްރަށަށް ދަތުރު ކުރާ ފެރީއެއް .

ކޮވިޑް 19އާ ގުޅިގެން އެއް ރަށުން އަނެއް ރަށަށް މުދާ އުފުލުމުގައި ދަތިތަކެއް ދިމާވެފައިވާތީ އަތޮޅު ކައުންސިލްތަކާ ގުޅިގެން އެމްޓީސީސީ އިން މުދާ އުފުލުމަށް ހާއްސަ ފެރީތަކެއް ބާއްވަން ނިންމައިފިއެވެ.

ލޯކަލް ގަވަނަންސް އޮތޯރިޓީ (އެލްޖީއޭ) އިން ވަނީ މުދާ އުފުލުމަށް ހާއްސަ ފެރީތަކެއް ބާއްވަން އަތޮޅު ކައުންސިލާއި އެމްޓީސީސީއަށް ހުއްދަ ދީފައެވެ. އެ އޮތޯރިޓީން ބުނީ ރަށްރަށަށް މުދާ އުފުލުމުގައި މުދާ އަރުވައި ބޭލުމުގެ މަސައްކަތް ކުރާނީ ކައުންސިލްތަކާއި އެ ރަށެއްގެ ޓާސްކް ފޯހާ މަޝްވަރާކުރުމަށް ފަހު އެކުލަވައިލާ އުސޫލެއްގެ ތެރެއިން ކަމަށެވެ.

އެހެންކަމުން މި ދަތުރުތަކަކީ އެލްޖީއޭ އާއި އަތޮޅު ކައުންސިލްތަކާއި އެމްޓީސީސީން ގުޅިގެން ބާއްވާ ދަތުރުތަކަށްވާ އިރު އެއްވެސް ރަށަކުން ފެރީ ކައިރި ކުރުމަށާއި ފުރުމުގެ ހުއްދަ ނުދީ ނުހިފެހެއްޓޭނެއެވެ.

މި ފެރީ ތަކުގައި އެއްވެސް ފަސިންޖަރަކު ނެގެންދެވޭނެ ކަމަށާއި މި ދަތުރުތައް ކުރުމަށް ޕޯޓަލް މެދުވެރިކޮށް ހުއްދަ ހޯދަން ނުޖެހޭނެ ކަމަށް އެލްޖީއޭއިން ވިދާޅުވެއެވެ.

ރާއްޖެ ލޮކްޑައުންކޮށް އެއްރަށުން އަނެއް ރަށަށް މީހުން ދިއުން މަނާ ކުރުމާއިއެކު ރަށް ރަށަށް މުދާ އުފުލުމުގައި ވަނީ ދަތިތަކާއި ކުރިމަތިވެފައެވެ. އެހެންކަމުން ބައެއް ކައުންސިލުތަކުން ދަނީ މި ހާލަތުގައި ރަށަށް ބޭނުންވާ މުދާ ގެނައުމުގައި ދަތުރުތައް ބާއްވަމުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top