ރޯދަ ވީއްލަން ދާންވީ ސީވިއު ބިސްޓްރޯއަށް. އަލިފާން މެނޫއެއް

mnasee.jpg

ކޮންމެ އަހަރަކުވެސް ރަމަޟާންމަހަށް ބ. އޭދަފުށީ ސީވިއު ބިސްޓްރޯ ރެސްޓޯރެންޓުން ތަފާތު މެނޫ އެއް އާންމުންނާ ހަމައަށް ގެނެސްދެއެވެ. 

އެކަމަކު މިފަހަރުގެ މެނޫބަލާފަ ހަމަގައިމުވެސް ބިސްޓްރޯ އަށް ނުގޮސް ވާކަށްނެތެ ބުނާނެ ކަމަށް އެ ރެސްޓޯރެންޓުން ބުނެއެވެ. ރެސްޓޯރަންޓްގެ މެނޭޖަރ އަދި ސީއީއޯ ޔޫސުފް މޫސާ (ޔޫބެ) ބުނީ މިފަހަރުގެ މެނޫ ތައްޔާރުކޮށްފައި ވާނީ ވޭތުވެދިޔަ އަހަރުތަކުގައި ކަސްޓަމަރުން ދިން ހިޔާލުތަކާ، ރަހަތަކަށް ބަލާފައިކަމަށެވެ. އެހެންކަމުން ރަހަތަކާމެދު ސުވާލެއް ނޯންނާނެ ކަމަށް ޔޫބެ ބުންޏެވެ. 

ރޯދަ ވީއްލަން ބިސްޓްރޯ ރެސްޓޯރެންޓުން އަވަހަށް ޖާގައެއް ބުކް ކުރަން ޖެހެއެވެ. މެނޫއަށް ބަލާލީމާ މީގަހުރި ހޫނުކަމަކާއި މީރުކަމެއްވެސް އެނގިދާނެތާއެވެ. މެނޫ މިއޮތީއެވެ.

ޔޫބެ ބުނީ މިއަހަރުގެ މެނޫ އިން ފެންނާނެ އެންމެ ބޮޑު އެޑްވާންޓޭޖަކީ 8 އަހަރުން ދަށުގެ ކުދިންނަށް ރޯދަވީއްލުން އޮންނާނީ މުޅިން ހިލޭ ކަމެވެ. ހާއްސަ ކަމަކަށް ފާހަގަކުރީ މިފަހަރު ރޯދަވީއްލަން ކިޔޫގައި ޖެހެން ނުޖެހޭނެކަމެވެ. ސީދާ ބަންގިއަށް އަންނަ މީހާވެސް ބޭނުންވާ މޭޒަށް ކާތަކެތި ގެނެސްދޭނެ ކަމަށް ޔޫބެ ބުންޏެވެ. އޭނާބުނީ މެނޫގައި ހުރިހާ އުމުރަކާ ގުޅޭ ކެއުންތައް ކޮންމެ ދުވަހަކުވެސް ހުންނާނެ ކަމަށެވެ. 

“ކަސްޓަމަރުންގެ ހިޔާލާ މަޝްވަރާއާއެކު ހުރިހާ އުމުރެއްގެ ބޭފުޅުންނަށްވެސް ވަރަށް ހިތްހަމަޖެހިގެން ރޯދަ ވީއްލޭނެގޮތް މިއޮތީ ހަދާފަ. އެއްމިނެޓަށްވީމަ އަޔަސް އެމީހަކު ބުނި މޭޒަކަށް އަރާފަ ރޯދަ ވީއްލަންވީ. ބުފޭއެއް މިފަހަރު ނޯންނާނެ. ސީދާ މޭޒުން ހުރިހާ އެއްޗެއް ލިބޭނެ. އެއްދުވަހު އަތުވެއްޖިއްޔާ ދެވަނަދުވަހަކު އަންނަން މަޖުބޫރުވާނެ. ރަހަތަށް ބޮޑުތަނުންވެސް ތަފާތުވާނެ.”

ޔޫބެ ބުނީ މެނޫ ނެރުނުފަހުން މިވީ ދެތިން ދުވަހުވެސް ވަރަށް ބޮޑު ސަޕޯޓެއް އާންމުންގެ ފަރާތުންވެސް ލިބެމުން އަންނަ ކަމަށާ، ދުރާލާ ބުކިންގް ހެއްދުން ވަރަށް މުހިއްމު ކަމަށެވެ. 

 

“ހަމަ ވަރަށް ސަޕޯޓް ބޮޑު. މިހާރުވެސް ބުކިންގްސް ތައް ނޯޓް ކުރަމުންދަނީ. ހާއްސަކޮށް ރިސޯޓްތަކުން ވަރަށް ސަޕޯޓް ލިބެމުން އެބަދޭ. އެހެންވީމާ ދުރާލާ ބުކިންގްސް ހެއްދުމަކީ ވަރަށް މުހިއްމު ކަމެއް. 

ކުރިން ސަލްސާގެ ނަމުގައި ހިންގި ސީވިއު ބިސްޓްރޯ ރެސްޓޯރެންޓް އެހެރީ ބަންދަރުމަތީ ރަސްމީ ފާލަމުން ފައިބައިގެން ކުޑަތަންކޮޅަކަށް ހިނގާލީމާ ދެވޭހިސާބުގަ އެވެ. އެއްފަހަރާ 120 މީހުންނަށް ވިޔަސް ހިނި އައިސްލައިފަ ރޯދަ ވީއްލައިގެން ދެވޭނެ ކަމަށް ރެސްޓޯރެންޓުން ބުނެއެވެ. 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top