ވޯ އަކީ އަހަރުގެ އެންމެ މޮޅު އެކްޝަން ފިލްމް

War-Movie-Poster-Textless.jpg

ބޮލީވުޑްގެ އެންމެ ފްލެކްސިބަލް ދެ ތަރިން ކަމަށްވާ ރިތިކް ރޯޝަންއާއި ޓައިގާ ޝްރޮފް އެކުގައި ފެންނަ އެކްޝަން ފިލްމް ވޯ ، އިއްޔެ ސިނަމާތަކަށް ނުކުމެފައިވާއިރު އެފިލްމަކީ މިއަހަރު ނުކުތް އެންމެ މޮޅު ފިލްމަށް ވާނެކަމަށް “އިންޑިއާ ޓުޑޭ” އިން ބުނެފިއެވެ.

މިފިލްމުގެ އެކްޝަނާއި، މަންޒަރުތައް ނަގާފައިވާ ލޮކޭޝަން ތައްވެސް ހޮވާފައިވަނީ މިކަހަލަ ފިލްމަކާއި އެންމެ އެކަށީގެންވާ ތަންތަނުގައި ކަމަށް ބުނަމުން ފިލްމަށް ތައުރީފް ކުރަމުން ދާއިރު މިއީ ހޮލީވުޑުފިލްމް މިޝަން އިންޕޮސިބަލް އާ ވާދަކުރެވޭ ފިލްމެއްކަމަށްވެސް ރިވިއުތަކުގައި ބުނެފައިވެ އެވެ.

150 ކުރޯޑުގެ ބަޖެޓަކުން ޔާޗްރާޖް ފިލްމްސްގެ ކުޑައިގެ ދަށުން އުފައްދާފައިވާ މި ފިލްމްގެ ބަތަލާއަކީ ވާނީ ކަޕޫރެވެ. ފިލްމްގެ ޑައިރެކްޓަކީ ރިތިކްގެ ބޭންގް ބޭންގް (2014) ޑައިރެކްޓް ކޮށްފައިވާ ސިއްދާތް އާނަންދެވެ. ރިތިކްގެ ބޭންގްބޭންގް އަށް ފުރަތަމަ ދުވަހު ލިބިފައިވަނި 27.5 ރުޕީސް އެވެ. ޓައިގާ ގެ ބާގީ 2 އަށް 25ކުރޯޑެވެ. މި ދެތަރިންއެކުގައި ކުޅެފައިވާ ‘ވޯ’ ގެ ފުރަތަމަދުވަހަށް އެކަނިވެސް  53ކުރޯޑު ލިބިފައިވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top