އެހެން މީހުންގެ މުސާރަ ކުޑަކޮށްފައި ބޮޑު މުސާރައެއް ބޭނުމެއް ނޫން- އެމް.ޕީ ސަލީމް

DSCN0821.jpg

އެމްޕީ ސަލީމް އޭދަފުށީގައި -އީވީ ފައިލް ފޮޓޯ

އެހެން މީހުންގެ މުސާރަ ކުޑަކޮށްފައި، ބޮޑު މުސާރައެއް ނަންގަވަން ބޭނުމެއް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.

އެމްޕީ. ސަލީމް މިހެން ވިދާޅުވީ ކޮވިޑާ ގުޅިގެން ސަރުކާރުގެ މުވައްޒަފުންގެ މުސާރައަށް ބަދަލު ގެނައުމާ ގުޅިގެން މަޖިލީހުގައި ވާހަކަ ދައްކަވަމުންނެވެ.

ސަލީމް ވިދާޅުވީ އެތައް ފަހަރަކު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަރިހުގައި މަޖިލިސް މެންބަރުންގެ މުސާރައަށް ބަދަލު ގެނައުމުގެ އުސޫލެއް ކަނޑައެޅުމަށް ދަންނަވާފައި ވާނެ ކަމަށެވެ.

ރެޑްވޭވް ސަލީމް މިހެން ވިދާޅުވެފައި ވާއިރު ދަނގެތި ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑު މުހައްމަދު ނާޒިމް ވަނީ އޭނާގެ މުސާރައިގެ 50 ޕަސެންޓް ކުޑަކުރަން ނިންމަވާފައެވެ. ކާނަލް ނާޒިމް އެގޮތަށް ނިންމެވީ އެމްއެންޑީއެފްގެ ކުރީގެ ކެޕްޓަން އަލީ އިހުސާން ފެއްޓެވި ޗެލެންޖެއްގައި ބައިވެރިވެ ވަޑައިގަންނަވަމުންނެވެ. އެގޮތުން އެ ޗެލެންޖުގައި އިހުސާން ވަނީ އޭނާގެ މުސާރައިން 43 ޕަސެންޓު ކުޑަ ކުރުމަށް ނިންމަވާފައެވެ.

ކޮވިޑް-19 އިން އަރައި ގަތުމަށް ހަރަދު ކުޑަކުރުމުގެ ގޮތުން ސަރުކާރުން މިހާރުވަނީ ސަރުކާރުގެ މުވައްޒަފުންގެ ތެރެއިން އަސާސީ މުސާރަ 20،000 ރުފިޔާއަށް ވުރެ މަތިން ލިބޭ މުވައްޒަފުންގެ މުސާރަ ކުޑަކުރަން ނިންމާފައެވެ. އެހެންނަމަވެސް އެއަށް ވުރެ ދަށް މުސާރަ ލިބޭ މީހުންގެ މުސާރައަށް ބަދަލު ގެނައުމަށް ނިންމާފައިނުވާ ކަމަށް ފިނޭންސުން ވަނީ ވިދާޅުވެފަ އެވެ.

ބޮޑު މުސާރަ ބޭނުންވެވަޑައިނުގަންނަވާ ކަަމަށް ސަލީމް ވިދާޅުވި އިރު މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ވަނީ މުސާރަ ކުޑަކުރަން ފިނޭންސުން ނިންމި ނިންމުމާ އެއްގޮތަށް ކުރިއަށް ދާން ފާސްކޮށްފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top