މާލެއާ އޭދަފުއްޓާ ދެމެދު އިތުރު ލޯންޗް ފެރީއެއް

ﷲެެރޔ-1024x576.jpg

ޔޫސުފް އެކްސްޕްރެސް : އަންނަ މަހު 2 ގައި ޝެޑިއުލް ދަތުރުތައް ފަށާނެ.

އޭދަފުއްޓާ މާލެއާ ދެމެދު ހައިސްޕީޑް ފެރީގެ ޚިދުމަތް ދޭ އިތުރު ބަޔަކު އަންނަ މަހު 2 ގައި އެޚިދުމަތް ފަށާ ގޮތަށް ނިންމައިފިއެވެ.

“ޔޫސުފް އެކްސް ޕްރެސް”ގެ ނަމުގައި ޚިދުމަތް ދޭ މި ލޯންޗް ފަހަރުގެ ދަތުރު ތައް އަންނަ ޖޫން މަހުގެ 2ވަނަ ދުވަހުން ފެށިގެން ހަފްތާ އަކު ތިން ދުވަހު މާލެ – އޭދަފުށި – މާލެއާ ދެމެދު ދަތުރުތައް ބާއްވާނެ ކަމަށް އެ ފަރާތުން ބުނެއެވެ. މިގޮތުން ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ ހަފްތާގެ ހޮނިހިރު ، އަންގާރަ އަދި ބުރާސްފަތި ދުވަހުއެވެ.  ޓިކެޓްގެ އަގަކީ ކޮޅަކަށް 350 ރުފިޔާ އެވެ.

މި ފެރީ ސަރވިސް އިން ޚިދުމަތް ހޯއްދަވަން ބޭނުން ފުޅުވާ ފަރާތްތަކުން އޭދަފުށިންނަމަ ގުޅުއްވާނީ 9675161 ނުވަތަ 7878084 އާ އެވެ.  މާލެއިންނަމަ 9999025 އާ އެވެ.

ޔޫސުފް އެކްޕްރެސް އިން އޭދަފުއްޓާ މާލެއާ ދެމެދު ފެރީ ދަތުރުތައް ފަށަށް ތައްޔާރުވަމުންދާއިރު މިހާރުވެސް މާލެ އާ އޭދަފުއްޓާ ދެމެދު ދެ ފެރީ ސަރވިސް އަކުން އަންނަނީ ޚިދުމަތް ދެމުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top