ޖަންބޯ ދޯނީގެ ދެ ފަޅުވެރިން ކަނޑުވެފައި ތިއްބާ ފެނިއްޖެ

364809_3_98139ac379c9aad5e7557c59faba9f046462ac47_large.jpg

ގެއްލިގެން ހޯދާ ޖަންބު ދޯނި

ހިލަވެލި ބަރުކޮށްގެން، އިއްޔެ މާލެއިން ފުރައިގެން ބ. އަތޮޅަށް ދަތުރުކުރި “ޖަންބޯ” ދޯނި ގެއްލިގެން ހޯދަމުން ދަނިކޮށް އެ ދޯނީގައި ތިބި ދެ މީހުން ކަނޑުވެފައި ތިއްބާ ފެނިފައިވާ ކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.

އެމްއެންޑީއެފް އިން ބުނި ގޮތުގައި ކަނޑުމަތިން ނެގި މީހުން ވަނީ ގެއްލުނު ދޯނި އަޑިއަށް ގޮސްފައިވާ ކަމަށް އެމީހުން ނެގި ލޯންޗުގެ ކެޕްޓަނަށް އަންގައިފަ އެވެ. އެކަމަކު، އެ ދޯނި އަޑިއަށް ދިޔައީ ކިހާ ހިސާބަކަށް ކަމެއް އެމްއެންޑީއެފް އިން ހާމައެއް ނުކުރެއެވެ.

ލޯންޗަށް ނެގި ދެ މީހުން މިހާރު އެހެން ދޯންޏެއްގައި މާލެ ދަތުރު ކުރާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

ގެއްލުނު ޖަންބޯ ދޯނި ހޯދުމުގެ މަސައްކަތުގެ ތެރެއިން ރެއިން ފެށިގެން އެމްއެންޑީއެފް ކޯސްޓްގާޑް ނޫރައްދީން ލޯންޗު ދަނީ ހަރަކާތްތެރިވަމުންނެވެ. މީގެއިތުރުން މިއަދު ހެނދުނު އެމްއެންޑީއެފް ޑޯނިއާ މަތިންދާ ބޯޓު ވެސް މި ދޯނި ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރި ވެފައި ވެއެވެ.

މި ދުވަސްކޮޅަކީ ހުޅަނގު މޫސުން ފެށި، މޫސުން ގޯސް ދުވަސްކޮޅެއްގެ ގޮތުގައި މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށް، ހާއްސަކޮށް ދަތުރުފަތުރު ކުރާ ފަރާތްތަކުން ސަމާލުވުމަށް އެ އިދާރާއިން ވަނީ އެދިފައެވެ. މިފަހުން މާލެ ދަތުރު ކުރާ އެހެން ބޯޓެއް ވެސް އަޑިއަށް ގޮސް ހަ މީހަކު ކަނޑުވެފައި ވަނިކޮށް ވަނީ ސަލާމަތް ކޮށްފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top