އޭދަފުށީގައި ކޯޑިން ޕްރޮގްރާމެއް ބާއްވަނީ

680200776_1501975021718387_4935924623809742155_n.jpg

ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެން، އަންހެން ކުދިންނަށް ކޯޑިން ދަސްކޮށްދޭ ”ގާލްސް ޓު ކޯޑް“ ޕްރޮގްރާމެއް ބ. އޭދަފުށީގައި ބާއްވަން ނިންމައިފި އެވެ.

އުމުރުން 16 އަހަރާއި 30 އަހަރާއި ދެމެދުގެ އަންހެން ކުދިންނަށް އަމާޒުކޮށްގެން މުޅިން ހިލޭ ހަތް ހަފުތާގެ ނިޔަލަށް ހިންގާ މި ހައިބްރިޑް ޕްރޮގްރާމުގައި 20 އާއި 25 އާ ދެމެދުގެ ޒުވާނުންނަށް ބައިވެރިވުމުގެ ފުރުސަތު ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

މި ޕްރޮގްރާމުގައި ބައިވެރިވުމަށް ވާޗުއަލްކޮށް ރަޖިސްޓްރީ ކުރުމަށް މިހާރުވަނީ ހުޅުވާލާފަ އެވެ. ޕްރޮގްރާމުގައި ބައިވެރިވުމަށް އަންނަމަހުގެ 5 ގެ ކުރިން ރަޖިސްޓާވާން ޖެހެ އެވެ.

މި ޕްރޮގްރާމް ފަށާނީ ބ. އޭދަފުށީގައި ބާއްވާ ތިން ދުވަހުގެ އަމަލީ ކޯޑިންގް އެންޑް އޭއައި ބޫޓްކޭމްޕަކުންނެވެ. މި ބޫޓްކޭމްޕަށް ފަހު އޮންލައިންކޮށް ކިޔަވައިދިނުމާއި، މެންޓޯޝިޕް އަދި ޕްރޮޖެކްޓް ޑިވެލޮޕްމަންޓް ސެޝަންތައް ކުރިއަށްދާނެ އެވެ.

މި ޕްރޮގްރާމްގައި ކޯޑިން، ވެބް ޑިވެލޮޕްމަންޓް، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި)، އޭއައި-އެސިސްޓެޑް ޑިވެލޮޕްމަންޓް އަދި ޑިޖިޓަލް ޕްރޮޑަކްޓް ޑިވެލޮޕްމަންޓުން އަމަލީ ތަޖުރިބާ ހޯދައިދިނުމުގެ އިތުރުން ބައިވެރިން އަމިއްލައަށް ޑިޖިޓަލް ޕްރޮޖެކްޓްތައް ތައްޔާރުކޮށް، ޕްރޮގްރާމް ނިމޭއިރު އެ މަސައްކަތްތައް ހުށަހަޅާނެ އެވެ.

މި ޕްރޮގްރާމުގެ މަގުސަދަކީ ޓެކްނޮލޮޖީ ދާއިރާގައި އަންހެނުންގެ ބައިވެރިވުން އިތުރުކޮށް، އަންހެން ކުދިންނަށް އަމަލީ ހުނަރާއި އިތުބާރު އަދި ފުރުސަތުތައް ހޯދައިދިނުން ކަމަށް ވިމެން އިން ޓެކް މޯލްޑިވްސް އިން މައުލޫމާތު ދެއެވެ.

2019 ވަނަ އަހަރު ތައާރަފުކުރި މި ޕްރޮގްރާމްގެ ދަށުން މިހާތަނަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން 100 އަށްވުރެ ގިނަ އަންހެން ކުދިން ވަނީ ތަމްރީނުކޮށްފަ އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top