ޓީބީ އިން ބ.އަތޮޅު ހޮސްޕިޓަލަށް ޑިޖިޓަލް ޑެންޓަލް އެކްސްރޭ މެޝިނެއް ހަދިޔާކޮށްފި

315883280_510665541101238_9033643744175767035_n.jpg

ޑެންޓަލް ޑިޖިތަލް އެކްސްރޭ މެޝިން ހަވާލު ކުރުމުގެ ރަސްމިއްޔާތުގެ ތެރއިން--ފޮޓޯ: ބ.އަތޮޅު ހޮސްޕިޓަލް އެފް.ބީ

އޭދަފުށީ ދަ ބިގިނާސް (ޓީބީ) ގެ ފަރާތުން ބ.އަތޮޅު ހޮސްޕިޓަލަށް ދޮޅުލައްކަ ރުފިޔާގެ އަގުހުރި ޑިޖިޓަލް ޑެންޓަލް އެކްސްރޭ މެޝިނެއް ހަދިޔާ ކޮށްފި އެވެ.

ދޮޅުލައްކަ ރުފިޔާގެ އަގުހުރި މި އެކްސްރޭ މެޝިން ހަވާލު ކުރުމަށް ރޭ ބ.އަތޮޅު ހޮސްޕިޓަލްގައި ބޭއްވި ރަސްމިއްޔާތުގައި މި މެޝިން، ޓީބީގެ ފަރާތުން ހޮސްޕިޓަލާއި ހަވާލު ކުރެއްވީ ޓީބީގެ ރައީސް ރާމިޒް ޔޫސުފެވެ.

ބ.އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު މުހައްމަދު ރަޝީދު ވިދާޅުވީ ބ.އަތޮޅު ހޮސްޕިޓަލަށް ނުހަނު ބޭނުން ބޮޑުވެފައިވާ މި ފަދަ މެޝިނެއް ޓީބީގެ ފަރާތުން ހަދިޔާ ކުރެއްވި ކަމަށްޓަކައި އެކްލަބަށް ޝުކުރު އަދާކުރައްވާ ކަމުގައެވެ. އަދިމި މެޝިންގެ ސަބަބަުން ދަތުގެ އެކްސްރޭ ނެގުމުގެ ހިދުމަތް އަވަސްވެ، ގިނަ ބަޔަކަށް އެ ހިދުމަތް ފޯރުކޮށްދެވޭނެ ކަމަށް ވިދާޅުވިއެވެ.

ރައީސް ރާމިޒް ވިދާޅުވީ ބ.އަތޮޅު ހޮސްޕިޓަލުގެ ޑެންޓަލް ޑިޕާޓްމަންޓަށް ބޭނުންވެފައިވާ މި ފަދަ މެޝިނެއް ހަދިޔާކުރުމަކީ ޖަމިއްޔާއަށް ލިބިގެން ދިޔަ އުފަލެއް ކަމުގައެވެ. މީގެ ކުރިން ދަތުގެ އެކްްސްރޭ ނަގަން ޖެހޭ ހާލަތްތަކުގައި ޖެހެނީ މާލެއަށް ދާން ކަމަށާއި އެކަމަކު މިހާރު މި ޚިދުމަތް މި ހޮސްޕިަލުން ލިބިގެން ދިއުމަކީ ޚާއްސަކޮށް ބ.އަތޮޅުގެ ރައްތިތުންނަށް ލިބިގެން ދިޔަ ވަރަށް ބޮޑު ފަސޭހަ އެއްކަމަށެވެ. އަދި ވިދާޅުވީ މިއީ ފެށުމެއް ކަމަށާއި ކުރިމަގުގައިވެސް ޓީބީގެ މަގްސަދެއް ކަމުގައި ވާނީ އިޖްތިމާއީ ދާއިރާގައި ރައްޔިތުންނަށް ބޭނުންވާ މިފަދަ ޚިދުމަތްތައް ފޯރުކޮށްދިނުން ކަމުގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top