ސުޕާރީ ފުއްތަކެއް ފުއްޕާމޭގައި ތާށިވި އަންހެން ކުއްޖެއްގެ ފުރާނަ ސަލާމަތްވީ ކިރިޔާ !

FibMUNpaYAAvvnS.jpg

އާއްމުކޮށް ސުޕާރީ ކައި އުޅޭ ދިވެހި އަންހެން ކުއްޖަކަށް ދިމާވި ސީރިއަސް މައްސަލައެއް، އައިޖީއެމްއެޗުގެ ރެސްޕިރޭޓަރީ ފިޒިޝަން ޑރ.މުހައްމަދު އިސްމާއީލް، އާއްމުންގެ ސަމާލުކަމަށް ގެންނަވައިފި އެވެ.

ޑރ. މުހައްމަދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ފުއްޕާމޭގައި އިންފެކްޝަނެއް އުފެދި، ފެން ހެދިގެން ޒުވާން އަންހެން ކުއްޖަކު ދާދި ފަހުން ޑޮކްޓަރަށް ދެއްކި ކަމަށެވެ. އެ ކުއްޖާގެ ބުރޯންކޮސްކުޕީއެއް ހެދުމުން ފެނުނީ ފުއްޕާމޭގައި ސުޕާރީފުއްތަކެއް ތާށިވެފައި ވަނިކޮށް ކަމަށާއި އެ އެކަމުން ކުއްލި ސިހުމެއް ލިބިވަޑައިގަތް ކަމަށެވެ. އެކަމުގެ ސަބަބުން އޭނާގެ ފުއްޕާމޭގެ ކަނާތްފަޅި ބްލޮކްވެފައި ހުރިކަމަށް ޑރ. މުހައްމަދު އިސްމާއިލް ވިދާޅުވިއެވެ. އެ ކުއްޖާއާ ސުވާލު ކުރުމުން، ވަރަށް ގިނައިން ސުޕާރީ ކައި އުޅުނު ކުއްޖެއްކަމަށް ބުނި ކަމަށް ޑރ.ވިދާޅުވި އެވެ.

ބުރޯންކޮސްކުޕީ އަކީ ފުއްޕާމޭގައި މައްސަލައެއް ހުރިތޯ ބެލުމަށް ހޮޅި ލައްވައިގެން ހަދާ ޓެސްޓެކެވެ.

ސުޕާރީ އާއި ދުފުމުގެ ސަބަބުން ސިއްހީ މައްސަލަތައް ދިމާވެދާނެ ކަމުގެ އިންޒާރު ސިއްހީ މާހިރުން ދެމުން ދާއިރު އެއީ ފުއްޕާމޭ ބަލިކަށިވުމާއި، އަނގައިގެ ބަލިތައް އަދި ކެންސަރު ޖެހުމަށްވެސް މަގުފަހިވެދާނެ ކަމަށް ޑޮކްޓަރުން ބުނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top